މާލެ: 31°C
ރައީސް އޮފީހުގެ މައްސަލައެއް ތަހުގީގުކުރުމަށް ފުލުސް އޮފީހަށް

ރައީސް އޮފީހުގެ މައްސަލައެއް ތަހުގީގުކުރުމަށް ފުލުސް އޮފީހަށް

July 23, 2024
2 ފަހަރު ބަލާފައި
ރައީސް އޮފީހުގެ މައްސަލައެއް ތަހުގީގުކުރުމަށް ފުލުސް އޮފީހަށް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި މައްސަލައެއްގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ނިންމުމަށް ވަކި ގޮތަކަށް އަމަލުކޮށްފައި ނުވާތީ އެ އޮފީހުން ޕްރޮަސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 65 ވަނަ މާއްދާގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކާއި މެދު އިސްތިއުނާފުކޮށް އެ ނިންމުމަށް އަމަލުވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެދާ ހާލަތެއްގައި އެޅިދާނެ ފިޔަވަޅުތައް ބަޔާން ކުރެއެވެ. އެގޮތުން އެފަދަ ފަރާތަކާއި މެދު އަމުރަށް ނުކިޔަމަންތެރިވުމުން އަމަލު ކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަކަށް ފޮނުވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އައިކޮމްއަށް ހުށަހެޅިދާނެކަމަށެވެ. އައިކޮމްގައި ކުރިޔަށް ދިޔަ އަޑުއެހުމަކަށް ފަހު ކޮމިޝަނަރުގެ ނިންމެވުމަށް، އަމަލުކޮށްފައި ނުވާތީ އެ އޮފީހުން މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ އެވެ. އެގޮތުން އައިކޮމްގެ ޝިފާން ވ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސްގެ މައްސަލައިގައި ކޮމިޝަނަރުގެ ނިންމެވުމުން އިސްތިއުނާފު ނުކޮށް، އެ ނިންމެވުމަށް ވެސް އަމަލު ނުކޮށް ފާއިތުވެދިއުމުން މައްސަލަ އެ އޮފީހުގެ ފަރާތުން ވަނީ ޕީޖީއަށް ހުށަހަޅާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގަނާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގައި ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ އެކަށިގެންވާ މިންވަރަކަށް ތަހުގީގު ކުރެވިފައި އޮތުން ލާޒިމު ކުރެއެވެ. މި މާއްދާގައި، ތަހުގީގު ކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް، ގާނޫނީ ގޮތުން ލިބިދޭ ހައްގުތައް ލިބިދީގެން ހިންގާ ތަހުގީގެކެވެ. އަދި އެ ތަހުގީގު ހިންގުމުގެ ބާރު ގާނޫނީ ގޮތުން، ލިބިދީފައި ވަނީ ފުލުހުންގެ މައްޗަށެވެ. 

މި މައްސަލައިގައި ޕީޖީ އޮފީހުން ބުނީ، އިންފޮމޭޝަން ކޮމިޝަނަރު ހުށެހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައި ވޭތީ ބަލައި ގާނޫނުގައި ވާ ގޮތުގެ މަތީން ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވާފައިވާކަމަށެވެ. މިއީ ގާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވާ ބާރުގެ ދަށުން ފޮނުވާފައިވާ މައްސަލައަކަށް ވާތީ އާންމު މައްސަލަތަކާއި ހިލާފަށް ތަހުގީގު ހިނގަމުންދާ ގޮތް ގާތުން ބަލާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ބުނެފައި ވަނީ މި މައްސަލައިގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ، ތަހުގީގުގެ ހޯދުންތަކަށް ބަލައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ