މާލެ: 31°C
23 ސްކޫލެއްގައި އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ

23 ސްކޫލެއްގައި އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ

July 23, 2024
3 ފަހަރު ބަލާފައި
23 ސްކޫލެއްގައި އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ
ރާއްޖޭގެ 23 ސްކޫލަކުން އޯލެވެލް ފުރިހަމަކުރާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ. ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސާނަވީ އިމްތިހާނުތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަ ކަމަށެވެ. އެގޮތުން، މި މައްސަލަ ހައްލުކުރުމުގެ ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 23 ސްކޫލަކުން އޯ ލެވަލް ނިންމާ ހުރިހާ ދަރިވަރުންނަށް ސްކޫލުތަކުގައި ޖާގަ އޮތް މިންވަރަކުން އޭ ލެވަލް ކިޔެވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތިކުރުން. އެހެންކަމުން އަޅުގަނޑުމެން މި އަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭ ލެވެލްއަށް ވަދެވޭނެ ގޮތް ހަދައި ދޭނަން." މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދެ މާއްދާއިން ފާސްވާ ކުދިންނަށާއި، ސްކޫލުތަކުގައި ޖާގަ އޮތް މިންވަރަކުން އެންމެ މާއްދާއަކުން ފާސްވާ ދަރިވަރުންނަށް ވެސް އޭ ލެވަލްއަށް ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި މިއީ ބޭކާރު ހަރަދެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް ސަރުކާރުން ދެކެނީ މިއީ ކުދިންގެ ކިބައިގައި ހުންނަ ހުނަރު ކުރިއެރުވުމަށް ލިބޭ ފުރުސަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ 23 ސްކޫލަކުން އޯލެވެލް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ކޮން ސްކޫލުތަކެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ