މާލެ: 31°C
ޖިނާއީ ކުށްތައް މަދުކުރުމަށް ލަންކާއާއެކު އެއްބަސްވުމަކަށް

ޖިނާއީ ކުށްތައް މަދުކުރުމަށް ލަންކާއާއެކު އެއްބަސްވުމަކަށް

July 23, 2024
2 ފަހަރު ބަލާފައި
ޖިނާއީ ކުށްތައް މަދުކުރުމަށް ލަންކާއާއެކު އެއްބަސްވުމަކަށް
ޖިނާއީ ކުށްތައް މަދުކުރުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "ޓްރީޓީ ބިޓްވީން ދަ ގަވާމަންޓް އޮފް ދަ ރިޕަބްލިލް މޯލްޑިވްސް އެންޑް ދަ ގަވާންމެންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިލް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާޒް" އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ލަންކާއާއި ރާއްޖެއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. ލަންކާއާ އެކު އެއްބަސްވުމަކަށް ދާން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ މި ހިނގާ ޖުލައި މަހުގެ 9 ގަ އެވެ. މި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓު ފާސްކުރުމަށް އިއްޔެގެ ޖަލްސާގައި 72 މެމްބަރުން ވޯޓު ދެއްވި އެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުސްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާ އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމެވެ. މި އެއްބަސްވުމުގެ ދަށުން،  އެންމެ ފުޅާދާއިރާއެއްގައި ޖިނާއީ މައްސަަތަކިގައި އެހީތެރިކަން ދޭން ޖެހޭނެ އެވެ. އެގޮތުން ތަހުގީގުކުމާއި، ޝަރީއަތް ހިންގުމުގައިއާއި މައްސަލަ ނިމުމުނ ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ