
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ޖެހިދާނެކަމުގެ އިޝާރާތެއް
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ޖެހިދާނެކަމުގެ އިޝާރާތެއް
ލިޔުން:
ގާނޫނީ ޒިންމާ އަދާނުކުރައްވާ ނަމަ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރިހެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމުން ހުސެއިން ޝަމީމްވެސް ވަކިކުރަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެ
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ހުށަހަޅާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޕީޖީއަކަށް ހުންނަވާ ބޭފުޅަކީ އެއިރަކު އޮންނަ ސަރުކާރުގެ ބޭފުޅަކަށްވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕީޖީ ވާންޖެހޭނީ ހުރިހާ ރައްޔިތުންގެ މީހެއްގެ ގޮތުގައި ކަމަށެވެ. ގާނޫނީ ޒިންމާ އަދާނުކުރެވޭނަމަ ޕީޖީވެސް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވެފައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިހުން ރައްޔިތުންނަށް އަނިޔާވެރިވާން ނުވަތަ ރައްޔިތުން އެދޭ ކަންތައްތައް އެދޭ ގޮތަށް ނުކުރާ ފަރާތްތަކަށް އިސް މަގާމުތަކުގައި ތިބުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އޭނާ ވަނީ ހާއްސަ އިސްކަމެއް ދީގެން ވާނުވާ ބަންދަށް ޖަހާ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.
އަދުލްއިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވި ގޮތުގައި ނިޒާމުގެ ކަންކަން މަތިކޮށްފައި ވަނީ ބަންޑާރަ ނައިބާއި ޕީޖީ އަދި ފަނޑިޔާރުންނާ ކަމުގަ އެވެ. އެ ބޭފުޅުންނާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް ބަހަނާތައް ނުދައްކާ އަދާކުރަން ޖެހޭ ކަމުގައި އައްބާސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
