މާލެ: 31°C
ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

July 23, 2024
2 ފަހަރު ބަލާފައި
ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނަކާއި 44 ގެ އިތުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާތީއެވެ. އެގޮތުން، ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި އެއް ކިލޯ ހުރި ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޖިރުކުރުމުން ވަނީ 44 އަހަރުގެ މީހާގެ ބަންދަށް 20 ދުވަސް، 36 އަހަރުގެ މީހާ އާއި 54 އަހަރުގެ މީހާ ބަންދަށް 7 ދުވަސް ޖަހާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ