
މިއަދުން ފެށިގެން، ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެއިން ލިބޭނެ: ހެލްތު
މިއަދުން ފެށިގެން، ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެއިން ލިބޭނެ: ހެލްތު
ލިޔުން:
ރައްޔިތުންނަށް ފެންވަރު ރަނގަޅުބޭސް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ދަށުން ޔޫރަޕް ކޮލިޓީގެ ބައެއް ބޭސްތައް މިއަދުން ފެށިގެން ލިބޭނޭކަމަށް ސަރުކާރުން ބުނެފިއެވެ.
ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އެންސްޕާ، އާސަންދަ، ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އެސްޓީއޯ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފެންވަރު ރަނގަޅު ކޮލިޓީގެ ބޭސް ރާއްޖެއަށް އެތެރެކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު މިއަދު ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދީފައިވަނީ، އަދި ކުރިއަށް އޮތްތަނުގައި ހުއްދަ ދޭނީވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޤަބޫލުކުރާ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކޮލިޓީގެ މިންގަނޑުތަކުން ފާސްވެފައިވާ އުފެއްދުންތަކެވެ.
މިގޮތުން ރާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި، ބޭނުންކުރެވޭނީ ޔޫރަޕްގެ ޤައުމުތަކުގައި ބޭނުންކުރުމަށް އެޤައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ބޭސްތަކެވެ. މި ބަޔާނުގައި ބުނީ ދެ މަރުހަލާއަކަށް ބަހާލައިގެން ތަންފީޒުކުރެވޭ މި ސިޔާސަތުގެ ތެރެއިން މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރިޓެއިލްކޮށް ފުރަތަމަ ތައާރަފްކުރެވޭ 7 ބޭސް ލިބެން ފަށާނޭ ކަމަށެވެ.
މިއާއެކު އާސަންދަ ނިޒާމު ހިމެނޭހެން ގުޅުންހުރި ހުރިހާ ނިޒާމުތަކަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފެށޭނޭކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ސަރުކާރުން ބުނީ މި ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށެވެ. އަދި މިހާރެކޭ އެއްގޮތަށް އާސަންދަ ނިޒާމުގެ ތެރެއިން ފުލް ކަވަރޭޖް ލިބިގެންދާއިރު، އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓިގެންދާނޭކަމަށްވެސް ސަރުކާރުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
