މާލެ: 31°C
ގަވަރުނަރަކަށް އައްޔަނުކުރަން މުނައްވަރުގެ ނަން ފޮނުވައިފި

ގަވަރުނަރަކަށް އައްޔަނުކުރަން މުނައްވަރުގެ ނަން ފޮނުވައިފި

July 22, 2024
3 ފަހަރު ބަލާފައި
ގަވަރުނަރަކަށް އައްޔަނުކުރަން މުނައްވަރުގެ ނަން ފޮނުވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަގާމުން އަލީ ހާޝިމް ވަކިކުރައްވައި، ރައީސް ޑރ.މުއިއްޒު އެ މަގާމަށް މުނައްވަރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރެއްވުމަށް މަޖިލީހުން މިއަދު ވަނީ ރައީސަށް ލަފާއެރުވުމަށް ފާސްކޮށްފައެވެ. ގަވަރުނަރުކަމުން ހާޝިމް ވަކިކުރެއްވުމަށް ނެގި ވޯޓުގައިި 63 މެމްބަރުން ވަނީ ހާޝިމް ވަކިކުރެއްވުމަށް ވޯޓުދެއްވާފައެވެ. ދެކޮޅަށް ވޯޓުދެއްވީ 9 މެމްބަރެކެވެ. ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެމްއެމްއޭގެ ގަވަރުނަރު މަޤާމުން ވަކިކުރުމަށް ނިންމީ، ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ބުނެފައެވެ. މިގޮތުން އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިއްމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތްއިރު، މަނިޓަރީ ޕޮލިސީވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައިނެތްކަމަށް މާލިއްޔަތު ކޮމިޓީގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ. ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނުކުރައްވާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަލީ ހާޝިމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ. ގަވަރުނަރުކަމުގެ މަޤާމަށް އައްޔަނުކުރުމަށް މަޖިލީހަށް ނަން ފޮނުއްވި އަހުމަދު މުނައްވަރަކީ، މިހާރު، ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެކެވެ. މުނައްވަރު ވަނީ ރައީސް ޔާމީނު ސަރުކާރުގައި މާލީ ވަޒީރުގެ މަޤާމު ފުރުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ