މާލެ: 31°C
ކަސްޓަމުސްގެ ސީޖީކަމުން މާނިއު ވަކިކޮށް، ސްޓޭޓް މިނިސްޓަރަކަށް

ކަސްޓަމުސްގެ ސީޖީކަމުން މާނިއު ވަކިކޮށް، ސްޓޭޓް މިނިސްޓަރަކަށް

July 22, 2024
2 ފަހަރު ބަލާފައި
ކަސްޓަމުސްގެ ސީޖީކަމުން މާނިއު ވަކިކޮށް، ސްޓޭޓް މިނިސްޓަރަކަށް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމުން ޔޫސުފް މާނިއު ވަކިކުރައްވައި، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަނުކުރައްވައިފިއެވެ. މާނިއު ކަސްޓަމްސްއިން ވަކިކުރައްވައި ހޯމްލޭންޑް މިނިސްޓްރީއަށް ބަދަލުކުރެއްވިކަން ރައީސް އޮފީހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ކަމުގެ މަޤާމުން މާނިއު ވަކިކޮށް، އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ، ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ އެވެ. ކަސްޓަމްސްގެ ސީޖީކަމުގެ މަޤާމުން މާނިއު ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ނުބުންޏެވެ. ނަމަވެސް މި ފަހަކުން ކަސްޓަމްސްގެ މަސައްކަތްތަކާ ގުޅޭގޮތުން މާނިއު ދެއްކި ބައެއް ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ. ކަސްޓަމްސްއިން ވަކި ކުރެއްވި ކަމެއް ހުދު މާނިއުއަށް އެނގިފައި ނުވާކަމަށް ބައެއް މީޑިއާތަކާ ވާހަކަދައްކަމުން އޭނާ ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ