މާލެ: 31°C
ގާސިމްގެ ނަޒަރުގައި ބާކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ރަނގަޅުވާނެ ކަމެއް ނޫން

ގާސިމްގެ ނަޒަރުގައި ބާކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ރަނގަޅުވާނެ ކަމެއް ނޫން

July 22, 2024
2 ފަހަރު ބަލާފައި
ގާސިމްގެ ނަޒަރުގައި ބާކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ރަނގަޅުވާނެ ކަމެއް ނޫން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުތައް ލޯބީގެ ކަތުރަކުން ކަފާލައި، ދޫކޮށްނުލުމަށް ޖުމްހޫރ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ. ގާސިމްގެ ނަޒަރުގައި ބާކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ރަނގަޅުވާނެ ކަމެއް ނޫނެވެ. ގާސިމް ވިދާޅުވީ އިސްލާހު ކުރަނީއޭ ކިޔައި، ހުރިހާ ބާރުވެރިކަމެއް ދޫކޮށްލުމުން، އިސްލާހު ކުރަން ބޭނުންވާ މީހާއަށް އެކަން ނުކުރެވި ހިނގައިދާނެ ކަމަށެވެ. އިސްލާހު ކުރެވޭނީ ލިބިފައިވާ ބާރުތައް ދޫކޮށްލައިގެން ނޫން ކަމަށާއި އިލްހާސްތެރި ނިޔަތެއް އޮވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އެހެން ވިދާޅުވެފައި މި ވަނީ ގާނޫނީ ވަކީލުން އިންތިހާބުކޮށްގެން، އެކުލަވާލާ ބާ ކައުންސިލްގެ އެގްރެކެޓިވް ކޮމެޓީގައި ބަންޑާރަ ނައިބު ހިމަނަން ލާޒިމުކޮށްފައި އޮތް އޮތުން، ނިމުމަކަށް ގައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށް ތާއިދު ކުރާ މެމްބަރުން އެ ބިލަށް ތައުރީފުކޮށް ވާހަކަ ދެއްކެވި ނަމަވެސް، ގާސިމް ވާހަކަފުޅު ދެއްކެވީ އެ ހިޔާލުތަކާ ދެކޮޅަށެވެ. ގާސިމް ވިދާޅުވީ ބާ ކައުންސިލްގައި އެޓަރނީ ޖެނަރަލް އިންނެވުމަކީ އަބްޑޭޓް އިންފޮމޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެ ސަބަބެއް ކަމަށެވެ. އަދި އެމަނިކުފާނު އެތަނުގައި އިންނެވުމަކީ އެ ކޮމިޝަންގެ ނިންމުންތަކަށް ބަދަލު އަންނާނެ ސަބަބެއް ނޫން ކަަމަށާއި އެ ކައުންސިލްގެ ނިންމުންތައް އަންނާނީ އެގްޒެކެޓިވް ކޮމެޓީގައި ހިމެނޭ ނުވަ މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވަންތޯ. ރައީސުލްޖުމްހުރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވަން ބޭނުންފުޅުވެއްޖެއްޔާ އެގޮތުން މިގޮތުންލާފަ ވެސް،" ގާސިމް ވިދާޅުވިއެވެ. ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވިދާޅުވީ ބާ ކައުންސިލުން އޭޖީ ވަކިކުރަން ސަރުކާރުން ބިލެއް ހުށަހެޅުމުން އެނގެނީ މިނިވަން މުއައްސަސާތަކަށް އަތް ބާނަން ބޭނުންނުވާ މިންވަރު ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ