- ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމުގައި އެފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްކުރުމަށް ޝައުގެވެރިވާ ތަން ފޯމްގައި ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.)،
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،
- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،
- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،
- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސެންސްގެ ކޮޕީ،
- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ފުލުހުންގެ ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
ފުލުހުންގެ ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
ލިޔުން:
ފުލުހުންގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ ވަޒީފާ އިއުލާންކޮށްފައިވާ މަގާމުތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3 ގެ އިތުރުން ސީނިއާ ސާޖަންޓް ގްރޭޑް 1 އާއި 2 ހިމެނެއެވެ.
މި މަގާމުތަކުގެ އަސާސީ މުސާރަ އަކީ 15،500-26،500ރ. އާ ދެމެދު ކަމަށްވާއިރު، ފުލުހުން މި މަގާމުތަކަށް ހޯދަން އިއުލާންކުރީ އުމުރުން 18-39 އަހަރާ ދެމެދުގެ މީހުންނެވެ.
އެގޮތުން، ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 ދުވަހުގެ ހަވީރު 16:00 ގެ ކުރިންނެވެ. އެޕްލިކޭޝަން ފޯމް ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ލިބޭނެއެވެ. އަދި ފޯމް ހުށަހަޅަންޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށެވެ.
https://twitter.com/PoliceMv/status/1815251520763609523
ވަޒީފާތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
