މާލެ: 31°C
އެމެރިކާގެ ރިޔާސީ ރޭހުން ބައިޑެން ވަކިވެއްޖެ

އެމެރިކާގެ ރިޔާސީ ރޭހުން ބައިޑެން ވަކިވެއްޖެ

July 21, 2024
2 ފަހަރު ބަލާފައި
އެމެރިކާގެ ރިޔާސީ ރޭހުން ބައިޑެން ވަކިވެއްޖެ
އެމެރިކާގެ ރިޔާސީ ރޭހުން، މިހާރުގެ ރައީސް ޖޯ ބައިޑެން ވަކިވެ ވަޑައިގެންފިއެވެ. ކުރިއަށްއޮތް އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީ ތަމްސީލްކުރައްވާ ބައިޑެން ރިޔާސީ ރޭހުން ވަކިވެ ވަޑައިގަތުމަށް ނިންމެވިކަން އިއުލާންކުރައްވައި، އެކްސްގައި ޕޯސްޓްކުރެއްވި ސިޓީ ފުޅެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ ރޭހުން ވަކިވެ ވަޑައިގަތުމަށް ނިންމެވީ، މިވަގުތަށް ޕާޓީ އަށާއި ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީކަމަށް ވާތީކަމަށެވެ. މި ސިޓީގައި ބައިޑެން ވިދާޅުވެފައިވަނީ، ހިނގަމުން މިދާ ދައުރުގައި ފާހަގަކޮށްލެވޭ ފަދަ އެދެވޭ ހެޔޮ ބަދަލުތަކެއް ޤައުމަށް އައިސްފައިވާކަމަށެވެ. މިގޮތުން ކުރިމަތިވި ކޮވިޑް ބަލިމަޑުކަމާއެކުވެސް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު އެމެރިކާ ވަނީ ދިމާވި ގޮންޖެހުންތަކުން އަރައިގަނެފައިކަމަށްވެސް ބައިޑެންގެ ސިޓީގައި ފާހަގަކުރިއެވެ.
ހަޔާތުގައި މިހާތަނަށް ލިބުނު އެންމެބޮޑު ފަހުރަކީ، ރައީސެއްގެ ގޮތުގައި އެމެރިކާއަށް ހިދުމަތްކުރަން ލިބުން
އުމުރުފުޅުން 81 އަހަރުގެ ބައިޑެންގެ ސިޓީފުޅުގައި ވިދާޅުވިއެވެ. A letter from President Biden ބައިޑެން ވިދާޅުވީ ރިޔާސީ ރޭހުން އެއްފަރާތްވުމަށް ނިންމި ސަބަބާ ބެހޭގޮތުން ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އިތުރު މައުލޫމާތު ހިއްސާކުރައްވާނޭ ކަމަށެވެ. ބައިޑެން ރިޔާސީރޭހުން ވަކިވެ ވަޑައިގެންނެވިކަން އިއުލާން ކުރައްވާފައިމިވަނީ، ބައިޑެން ނިސްބަތްވާ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުންގެ ފަރާތުން އެމަނިކުފާނުގެ ނަންފުޅު އަނބުރާ ގެންދިއުމަށް ގޮވާލާފައިވަނިކޮށެވެ. A photo of President Joe Biden and Vice President Kamala Harris ރިޔާސީރޭހަޑް ކެމްޕެއިން ކުރައްވަން ބައިޑެން ނިކުމެ ވަޑައިގެން މިހާތަނަށް ބައިވެރިވެ ވަޑައިގެންނެވި ރެލީތަކުގައި އެމަނިކުފާނު ފެނިވަޑައިގެން ގޮސްފައިވަނީ ވަރަށް ނިކަމެތިކޮށްކަމަށް އަމިއްލަ ޕާޓީގެ ބޭފުޅޫންވެސް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. މިގޮތުން ރިޔާސީ ރޭހުގައި ޕާޓީން އެހެން ބޭފުޅަކަށް ފުރުސަތު ދެއްވައި ނަން އަނބުރާ ގެންދެވުމަށް މި ފަހުން ބައިޑެންއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މި ފަހަކަށް އައިސް ބައިޑެންއަށް ސިއްހީގޮތުންވެސް ސީރިއަސް މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ