
ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މާދަމައަށް ތާވަލްކޮށްފި
ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މާދަމައަށް ތާވަލްކޮށްފި
ލިޔުން:
ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގެ މައްސަލައާ ގުޅޭގޮތުން ބާއްވާ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ ތަޅުމަށް ގަވަރުނަރު މަޤާމުން ވަކިކުރުމާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ ފަރާތުން ރިޕޯޓް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެމްއެމްއޭގެ ގަވަރުނަރު މަޤާމުން ވަކިކުރުމަށް ނިންމީ، ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ބުނެފައެވެ. މިގޮތުން އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިއްމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތްއިރު، މަނިޓަރީ ޕޮލިސީވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައިނެތްކަމަށް މާލިއްޔަތު ކޮމިޓީގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީން ވަނީ ޖުލައިމަހުގެ އެއްވަނަ ދުވަހު ގަވަރުނަރު ކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ނިންމާފައެވެ. ގަވަރުނަރު ވަކިކުރުމަށް ނިންމައި ޖަވާބުދާރީވުމަށް ފުރުސަތު ދިންނަމަވެސް ތިން ފަހަރަށް އަންގައިގެންވެސް މިހާތަނަށް ގަވަރުނަރު މަޖިލީހަށް ހާޒިރުވެފަ ނުވާކަން ފާހަގަކޮށްލެވެއެވެ.
ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނުކުރައްވާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަލީ ހާޝިމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
