މި މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުން ކޯޓުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
" މި ފަދަ މައްސަލަތައް ދިމާވަމުން ދާތީ ސަރުކާާރުން ގެންދަނީ އެކަންތައް ބަލަމުން،" އޭނާ ވިދާޅުވި އެވެ.
ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރި މައްސަލައެއް ބަލަނީ
ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރި މައްސަލައެއް ބަލަނީ
ލިޔުން:
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު އިބްރާހީމް މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތުކުރާ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި މައްސަލަ ފެންމަތިވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ޓާކްސް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކުން ހުށަހަޅާފައިވާ މައްސަލައާ އެކު އެވެ. މުނައްވަރު މި މައްސަލައިގައި ވަކާލާތުު ކުރައްވަނީ ޓާކްސް އާ އެއްކޮޅަށެވެ.
މީރާ އަކީ ދައުލަތުން ތަމްސީލުކުރާ އިދާރާއަކަށްވާއިރު، ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ދައުލަތާ ދެކޮޅަށް މުނައްވަރަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ބުނެ މީރާއިން ވަނީ ހައިކޯޓުގައި އިއުތިރާޒެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފަ އެވެ. މިގޮތަށް މީރާއިން އިއުތިރާޒް ހުށަހެޅީ މަސްލަހަތު ފުށު އަރާ ކަން ފާހަގަކުރުމަށްފަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
