މާލެ: 31°C
ފަތުރުވެރިންނަށް ނޭޝަނަލް އާޓް ކަލެކްޝަނެއް

ފަތުރުވެރިންނަށް ނޭޝަނަލް އާޓް ކަލެކްޝަނެއް

July 21, 2024
2 ފަހަރު ބަލާފައި
ފަތުރުވެރިންނަށް ނޭޝަނަލް އާޓް ކަލެކްޝަނެއް
ފަތުރުވެރިންނަށް ހާއްސަކޮށް ނެޝަނަލް އާޓް ކަލެކްޝަނެއް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ. އާޓް ގެލަރީގައި ކުރިއަށްދާ "އަންވެއިލިން ވިޜަންސް 2024" މައުރަޒު ބަލާލުމަށްފަހު ކުރިއަށްދިޔަ ހަފުލާގައި އަސްވާޑު ވިދާޅުވީ އެ ތަނުގައި އެކްޒިބިޝަނެއް ނެތް ނަމަ ތަން ހުންނަނީ ތަޅުލާފައި ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން އެތަނަށް ޒިޔާރަތް ކުރާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވެފައި ވަނީ އެތަން ތަޅުލާފައި ހުންނާތީ ގިނަ ފަހަރަށް ފަތުރުވެރިން އަރަނީ ނެޝަނަލް ލައިބްރަރީއަށް ކަމަށެވެ. އެތަނަށް ގޮސް އެއްވެސް އެގްޒިބިޝަނެއް އޮތްތޯ ސުވާލުކުރާ ކަމަށާއި އެގްޒިބިޝަނެއް ނެތް ނަމަ އެނބުރިދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަސްވާޑު ވިދާޅުވި ގޮތުގައި އާޓަކީ ކުރިއަރުވަން ޖެހޭ ފަންނެއް ކަމަށާއި ސަރުކާރުގެ ވިސްނުން ކުރިއަށް ގެންދާނީ އާޓިސްޓުންގެ ވިސްނުމާ އެއްގޮތަށް ކަމުގަ އެވެ. މި ދައުރު ނިމުމުގެ ކުރިން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަސްވާޑް ވިދާޅުވީ އެ މަސައްކަތް ކަމުގެ ތަޖުރިބާކާރުންނާ އެކު ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު މިކަން ފާހަގަކުރެއްވިއިރު އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ އެޕްރީލު މަހު ވަނީ ހުޅުވާލާފަ އެވެ. އެ އިއުލާނުގައި ވަނީ އިންޓަނޭޝަނަލް ސްކޫލް އޮފް ކްރިއޭޓިވް އާޓްސް އުފައްދަނީ އިންފްރާސްޓްރަކްޗާ އާއި ހިއުމަން ރިސޯސް އާއި ކަރިކިއުލަމް އަދި އެކަޑަމިކް ޕްރޮގްރާމުތައް ހިންގައި އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ