މާލެ: 31°C
ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަަށް މިއަދާ ހަމައަށް އެކި ރަށްރަށުގައި 43 ޖެނެރޭޓަރު ބަހައްޓައިފިން: ފެނަކަ

ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަަށް މިއަދާ ހަމައަށް އެކި ރަށްރަށުގައި 43 ޖެނެރޭޓަރު ބަހައްޓައިފިން: ފެނަކަ

July 21, 2024
2 ފަހަރު ބަލާފައި
ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަަށް މިއަދާ ހަމައަށް އެކި ރަށްރަށުގައި 43 ޖެނެރޭޓަރު ބަހައްޓައިފިން: ފެނަކަ
ކަރަންޓުގެ ހާލަތު ރަނގަޅުކުރަން މި އަހަރުގެ މިހާތަނަށް 43 ޖެނެރޭޓަރު އަލަށް ގެނެސް އެކި ރަށްރަށުގައި އިންސްޓޯލްކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން "އެކްސް" ގައި ޕޯސްޓުކުރި ވީޑިއޯ އިންޓަވިއެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ، މި އަހަރު ފެށުނުއިރު ކުންފުނީގެ ވަރަށް ގިނަ ރަށް ރަށުގައި ހުރި ޖަނަރޭޓަރުތަކުގެ ހާލަތު ރަނގަޅުކުރަން ޖެހި، ރަށްރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައި ކަމަށެވެ.

"ވަރަށް ގިނަ ޖެނެރޭޓަންތަކެއް ހުރީ އޯވަހޯލް ކުރަންޖެހިފައި. އައު މެނޭޖްމެންޓް ފެށުމާއިއެކު މިހާރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ވަނީ ފެށިގައި. އެގޮތުން ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކައި ވަރަށް އަވަހަށް ފެށިގެން ދިޔަ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ވަނީ ފޮނުވިފައި. ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތަށް ވަނީ ފިލުވާލެވިފައި." އިބްރާހިމް ވިދާޅުވިއެވެ.

ފެނަކަ އިން ބުނީ ހާލަތު ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރަން އާ ޖަނަރޭޓަރުތައް ފޮނުވުމާއި، ޖަނަރޭޓަރު އޯވާހޯލްކުރަން ޖެހިފައި ހުރި ރަށްރަށުގައި އެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.

މިހާރު ރަށްރަށުގައި އިންސްޓޯލްކޮޑްފައި ހުރި ޖަނަރޭޓަރުތަކުގެ އިތުރުން، ބޭނުން ޖެހިފައިވާ ބައެއް ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޮނުވަން ނިންމާފައިވާ ޖަަނަރޭޓަރުތައް ގަތުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ