މާލެ: 31°C
މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

July 20, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތިގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ. އެހެންކަމުން، ފުލުހުން ވަނީ އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ، ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ