
ފަލަސްތީނާ ގުޅިގެން އައިސީޖޭއިން ނެރުނު ލަފައަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ފަލަސްތީނާ ގުޅިގެން އައިސީޖޭއިން ނެރުނު ލަފައަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލިޔުން:
ފަލަސްތީނުގެ މާތް ބިމުގައި އިސްރާއީލުގެ ނިރުބަވެރި ޔަހޫދީން ވެރިވެގަނެގެން ތިބުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެ ބިމުން އިސްރާއީލުން ފައިބަން ޖެހޭ ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފައަކީ ފަލަސްތީނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައިސީޖޭގެ އެ ލަފައަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން ދޫކޮށް ދިއުމަށާއި، އެމީހުން ގެއްލުން ދީފައިވާ ފަލަސްތީނުގެ ތަންތަނާއި ސަރަހައްދުތަކަށް ގެއްލުމުގެ ބަދަލު ދޭން ވެސް ގޮވާލައްވާފައެވެ.
އަދި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، ފަލަސްތީނުގެ ހައްގުގައި ރާއްޖޭން ވަކާލާތު ކުރަމުން އަންނަ އައުމަށް އިތުރު އުންމީދެއް ލިބިފައިވާކަން ވެސް ރައީސް ފާހަގަކުރައްވާފައި ވެއެވެ.
އައިސީޖޭން އިއްޔެ ނެރުނު ލަފާގައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ދޫކޮށް ވީހާވެސް އަވަހަށް ދިޔުމަށް އަންގާފައެވެ. އަދި ބިންތައް ހިފައިގެން އެހެން ނުތިބެވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފަށް އިސްރާއީލުގެ ނިރުބަވެރިން ކުރަމުން އަންނަ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އޭގެ އިތުރުން، ނިރުބަވެރިންގެ މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ހައްގަށް އަރައިގަނެވޭ ކަމަށާއި އެފަދަ ބާރެއް އިސްރާއީލަށް ލިބިގެން ނުވާ ކަމަށް އައިސީޖޭން ބުނެފައިވެއެވެ.
އަދި އެގޮތަށް އަމަލުކުރަން އެއްވެސް ގައުމަކުން އިސްރާއީލަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
