މާލެ: 31°C
ކަންމަތީ ފިހާރަތައް ކުދި ސައިހޮޓާ ތަކަކަށް ބަދަލުވާން ފަށައިފި

ކަންމަތީ ފިހާރަތައް ކުދި ސައިހޮޓާ ތަކަކަށް ބަދަލުވާން ފަށައިފި

July 20, 2024
2 ފަހަރު ބަލާފައި
ކަންމަތީ ފިހާރަތައް ކުދި ސައިހޮޓާ ތަކަކަށް ބަދަލުވާން ފަށައިފި
ކަންމަތީ ފިހާރަތައް ކުދި ސައިހޮޓާ ތަކަކަށް ބަދަލުވާން ފަށައިފިއެވެ. މިހާރު ގިނަ ފިހާރަތަކުން ތަފާތު ވައްތަރުގެ ހެދިކާ އާއި ސަޔާއި ތަފާތު ބުއިންތައް ލިބެން ހުރެއެވެ. ސްކޫލު ކުދިންނާއި އޮފީސްތަކުގެ ކުދިންވެސް ކަންމަތީ ފިހާރަތަކުގައި ހުންނަ ސައިކަޑަތަކުން ސައިގެ ކަންތައް ހަމަޖައްސުމުގެ އާދަ އަންނަނީ ބޮޑުވަމުންނެވެ. "އާންމު ފިހާރަ ވިޔަފާރިއަށްވުރެ މިހާރު ސައި ހޮޓާ ކޮންސެޕްޓް ގެނައިމަ މާ ފައިދާ ބޮޑު. ކުޑަ ތަންކޮޅެއް އެކަމަށް ހާއްސަކޮށްފަ ބެހެއްޓުމަކުން ފިހާރައިގެ އެއްވެސް ކަމަކަށް ދައްޗެއް ނުވޭ. އެކަމަކު ޕްރޮފިޓް މާރަނގަޅު،" މާލޭގައި ފިހާރައެއް ހިންގާ މީހަކު އޭނާގެ ފިހާރައިން ހެދިކާއާއި ސައި އަދި ކޮފީގެ ބާވަތްތައް ވިއްކަން ފެށުމުން އައި ބަދަލު ކިޔައިދިނެވެ. އެފިހާރަތަކަށް ހެދިކާ ގެންނަނީ އެކި މީހުންނަށް އޯޑަރު ދީގެންނެވެ. ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައި ހުންނަ ގަޑިތަކަށް އެމީހުން ފިހާރައަށް ހެދިކާ ގެންދެއެވެ. ސަޔާއި ކޮފީ ވިއްކަނީ އެކަމަށް ހާއްސަ މެޝިންތަކުންނެވެ. ބައެއް ފިހާރަތަކުގައި އިށީނދެލެވޭ ގޮތަށް ގޮނޑި ބަހައްޓާފައި ހުންނައިރު އަނެއްބައި ފިހާރަތަކުން ކުޑަދޮރެއް ކަނޑާ ޓޭކްއަވޭ އުސޫލުންވެސް މި ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. މިއީ މިހާރު މުޅި މާލެއަަށް އާންމުވަމުން އަންނަ ވިޔަފާރީގެ އާ މޮޑެލްއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ