މާލެ: 31°C
ކޭއެފްސީގެ ބިއްލޫރިގަނޑެއް އަނެއްކާވެސް ތަޅާލައިފި

ކޭއެފްސީގެ ބިއްލޫރިގަނޑެއް އަނެއްކާވެސް ތަޅާލައިފި

July 20, 2024
2 ފަހަރު ބަލާފައި
ކޭއެފްސީގެ ބިއްލޫރިގަނޑެއް އަނެއްކާވެސް ތަޅާލައިފި
މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިތައް އަނެއްކާވެސް ތަޅާލައިފި އެވެ. ފުލުހުން ބުނީ ރޭ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި، އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިތައް ތަޅާލަފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ހުސްވި ހަފްތާގެ ހޯމަ ދުވަހުގެރޭވެސް ކޭއެފްސީގެ ބިއްލޫރިތައް ތަޅާލި އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މީހަކު ހައްޔަރެއް ނުކުރެ އެވެ. ކޭއެފްސީ އަކީ އިޒްރޭލަށް ފަންޑުކުރާ ތަނެއް ކަމަށް ބުނެ އެތާ ދޮށުގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެތަނަށް ކަޅުތެޔޮވެސް ޖެހި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ