- ކުންފުނީގެ ސީނިއާ އަދި މިޑްލް މެނޭޖްމަންޓުގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުން
- މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރަން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މުސާރައިގެ އޮނިގަނޑު "ހާމަނައިޒް" ކުރުން
- މަސައްކަތުގެ "ޕާފޯމެންސް" އަށް ބަލައި ވަޒީފާއިން ވަކިކުރަން ޖެހޭ މުވައްޒަފުން އުސޫލުތަކާ އެއްގޮތަށް ވަޒީފާއިން ވަކިކުރުން
- "ޕްރޮބޭޝަން" ގައި ތިބި މުވައްޒަފުންގެ "ޕާފޯމެންސް" އަށް ބެލުމަށްފަހު ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުން
- 65 އަހަރު ވުމަށް ފަހު "ކޮންޓްރެކްޓް" މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު ވަޒީފާއިން ވަކިކުރުން
- މިހާރު ދެމުންދާ އެލަވަންސްތައް "ހާމަނައިޒް" ކުރުމުގެ ގޮތުން ޑެޕިއުޓީ ހެޑް، އިންޖިނީރިން، ކޭން ޕްރޮޑަކްޝަން، ރިސްކް، ނޮން ޕްރެކްޓިސްއިން ދޭ އެލަވަންސްތައް ހުއްޓާލުން. އަދި ވިލިމާލެ ފެރީ އެލަވަންސް ފިޔަވާ އެހެނިހެން ފެރީ އެލަވަންސްތައް އުނިކުރުން.
- "ކޮންޓްރެކްޓް" މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ ފަރާތްތައް ފިޔަވާ މި މަހުގެ ފަހުން މުއްދަތު ހަމަވާ ފަރާތްތަކުގެ ކޮންޓްރެކްޓް އާ ނުކުރުން
- އިތުރު ގަޑީގައި މަސައްކަތް ކުރަން ކޮންމެހެން ޖެހޭ ފަރާތްތައް ފިޔަވާ އިތުރު ގަޑީގައި މަސައްކަތް ނުކުރުވުން
- ކުންފުނި "ރައިޓް ސައިޒް" ކުރުމަށް ގެނެވޭ ބަދަލުތަކާ އެކު މުވައްޒަފުން ވަޒީފާއިން ވަކިވާން އެދޭނަމަ ތިން މަސް ދުވަހުގެ ޕެކޭޖަކާ އެކު ވަކިވުމުގެ ފުރުސަތު ހުޅުވާލުން

މިފްކޯ ރިފޯމް ކުރުމަށް ގިނަ ފިޔަވަޅުތަކެއް
މިފްކޯ ރިފޯމް ކުރުމަށް ގިނަ ފިޔަވަޅުތަކެއް
ލިޔުން:
އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެެރެއިން އުނިކުރަނީ ސީނިއަ މެނޭޖްމަންޓުގެ މުސާރަ ކަމަށާއި އެލަވަންސް ދޭނީ ހައްގު ގޮތުގައި ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފި އެވެ.
މީސްމީޑިއާއަށް އާންމުކޮށްފައިވާ މިފްކޯގެ މެމޯއެއްގައި ވަނީ އެ ކުންފުނީގެ "އެފިޝިއަންސީ" އިތުރުކޮށް، "ރައިޓް ސައިޒް" ކުރުމަށް ކުރިއަށް ގެންދާ "މިފްކޯ އެފިޝިއަންސީ އެކްސަސައިޒް" ގެ ދަށުން މުވައްޒަފުންނާ ގުޅޭގޮތުން ކަންކަން ކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރުމަށް ނިންމާފައިވާ ކަންކަމަކީ:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
