
ޓޫރިޒަމުން ލިބޭ އާމްދަނީން ބައެއް، ކައުންސިލްތަކުގެ ބަޖެޓަށް ވަރަށް އަވަހަށް ޖަމާކުރަން ފަށާނަން: ރައީސް
ޓޫރިޒަމުން ލިބޭ އާމްދަނީން ބައެއް، ކައުންސިލްތަކުގެ ބަޖެޓަށް ވަރަށް އަވަހަށް ޖަމާކުރަން ފަށާނަން: ރައީސް
ލިޔުން:
ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުްނސިލްތަކުގެ ބަޖެޓަށް ވަރަށް އަވަހަށް ޖަމާކުރަން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ކައުންސިލްތަކުގެ ކިބައިން އެދޭ ކަންތައްތައް ކުރުމުގައި ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. ރައްޔިތުން ސީދާ ހޮވާފައިތިބޭ ބަޔަކު ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ޒިންމާ ޤާނޫނުން މަތިކޮށްފައި ތިބޭ ބަޔަކު އެ ހިދުމަތް ދިނުމުގައި މަސައްކަތް ކުރުވުމުގައި ބާރުވެރިކަން ސަރުކާރުން ނުދޭނަމަ އެ ހިދުމަތެއް އެންމެ ރަނގަޅަކަށް ނުދެވޭނޭ ކަމަށެވެ.
މި ކަންކަން ކުރުމަށް ނިންމީ އެގޮތުގެ މަތިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ އިޖުތިމާއީގޮތުން ކުރާ ކަންކަމުގައިވީނަމަވެސް، އަދި އިގްތިސާދީ ގޮތުންވެސް ކަންކަމުގައި ބާރުވެރިކަން ދިނުމަށް ވީނަމަވެސް އެކަން އޮތީ އެގޮތަށްކަމަށެވެ.
"އަޅުގަނޑު އިއުލާނުކޮށްފައިވާގޮތަށް އިރާދަކުރެއްވިއްޔާ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާ މިކަންކަމާ އެކުގައި ރާއްޖެއަށް މިލިބޭ ޓޫރިޒަމް އާމްދަނީގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރާގޮތަށް އެ ނިންމި ނިންމުން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ތަންފީޒުކުރަން ފަށާނަން" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ އިތުރުން ޤަވައިދުގެ ތެރެއިން އެކިއެކި ފަޅުރަށްތައް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން ވަކި ކަނޑައެޅޭ މަސައްކަތްތަކެއްކޮށް އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ކައުންސިލްތަކަށް މިހާރު ހުޅުވާލެވިފައި ވާކަމަށެވެ. މިގޮތުން އަދިވެސް ބައެއް ރަށްރަށުގެ އިހުތިސާސްގެ ދަށަށް ފަޅުރަށްތައް ހިމެނުމުގެ ފުރުސަތު އަދިވެސް ދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
