މާލެ: 31°C
އައިޓީ އެރާއެއްގެ ސަބަބުން ދުނިޔޭގެ ބައެއް ކުންފުނިތައް ހުއްޓުމަކަށް

އައިޓީ އެރާއެއްގެ ސަބަބުން ދުނިޔޭގެ ބައެއް ކުންފުނިތައް ހުއްޓުމަކަށް

July 19, 2024
2 ފަހަރު ބަލާފައި
އައިޓީ އެރާއެއްގެ ސަބަބުން ދުނިޔޭގެ ބައެއް ކުންފުނިތައް ހުއްޓުމަކަށް
އިންޓަރނެޓް މެދުވެރިކޮށް އޮންލައިނުކޮށްދޭ ބައެއް ހިދުމަތްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދުނިޔޭގެ ބައެއް ބޮޑެތި ކުންފުނިތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. ދުނިޔޭގެ ބައެއް ބޮޑެތި ކުންފުނިތަކުން އޮންލައިނުކޮށް ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، މިކަމުގެ ސަބަބުން ބައެއް ބޭންކުތަކާއި އެއާޕޯޓްތައް ވަނީ ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ. ފޯބްސްއިން ބުނެފައިވަނީ، މި މައްސަލަ ބޮޑަށް ދިމާވެފައިވަނީ މައިކްރޯސޮފްޓް ބޭނުންކުރާ ކުންފުނިތަކަށެވެ. މި މައްސަލައިގައި މައިކްރޯސޮފްޓުން ވަނީ ވިންޑޯސްގައި މައްސަލައެއް އުޅޭކަމަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައެވެ. މައިކްރޯސޮފްޓުން ބުނެފައިވަނީ ސިސްޓަމްތަކަށް ދިމާވި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ހައްލުވެފައިވާކަމަށެވެ [caption id="" align="alignnone" width="2000"]Image ސިސްޓަމްތަކަށް ދިމާވި މައްސަލައިގެ ސަބަބުން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް ތޮއްޖެހިފައި[/caption] ސިސްޓަމްތަކަށް ދިމާވި މި މައްސަލައާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކަށް ވަރަށްބޮޑަށް ބުރޫ އަރާފައިވާއިރު، އޮސްޓްރޭލިއާ، ހޮންކޮން، އެމެރިކާގެ އިތުރުން ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އެއާޕޯޓްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއާޕޯޓްތަކުގެ އިތުރުން އޭޓީއެމްގެ ހިދުމަތްތަކާއި، ޕީއޯއެސް މެޝިންތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ބޮޑެތި ހިއްސާބާޒާރުތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ ސިސްޓަމް މައްސަލައެއް ދިމާވެގެން މިގޮތަށް ބޮޑެތި ކުންފުނިތަކުގެ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ