
މަތީ ތައުލީމް ހާސިލްކުރާ ފަރާތްތަކުގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރާނޭކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
މަތީ ތައުލީމް ހާސިލްކުރާ ފަރާތްތަކުގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރާނޭކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ލިޔުން:
މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން 200 މިލިއަން ރުފިޔާ އެކަމަށް ހާއްސަ ކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް މިއަންނަ އަހަރުން ފެށިގެން ފަހި ފުރުސަތުތަކެއް މިސަރުކާރުން ހުޅުވައިލައްވާނެކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް ޚާއްޞަ ވަޒީފާތައް ގިނަކޮށް، އަދާކުރާ ވަޒީފާއާ އެކަށީގެންވާ ރަނގަޅު މުސާރައެއް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. އަދި މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ޤައުމު ބިނާކުރަން އިސްކަން ދޭގޮތަށް މީހުން ބިނާކުރަން ދައުލަތުގެ ބަޖެޓުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށާއި، އެގޮތުން މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚާއްޞަކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް ކިޔަވައިގެން އައިސް ތިބި އެތައް ބަޔަކު އެބަތިބި ޕްރައިވެޓް ސެކްޓަރގައި އެބަތިބި ކަމަށާއި، ސަރުކާރުން މި ހިންގާ އެއްވެސް ކަމެއްގައި ބައިވެރިވާން ބަލާއިރުގައި، އެކަށީގެންވާ އާމްދަނީއެއް ނުލިބޭކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖެ ނައިސް އެތައް ކުދިންނެއް އެބަތިބޭ، ރާއްޖެއިން ބޭރުގައި މަޑުކޮށްގެން. އެކި ޤައުމުތަކުގައި އެބަ ތިބި. އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ. އެކަން ބަދަލުކުރުމަށްޓަކައި، ސަރުކާރުގެ ނިޒާމުގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރގައި ލިބޭ މުސާރައާއި، އަދި އެއަށްވުރެވެސް ރަނގަޅު މުސާރައެއް ދިނުމަށް އަޅުގަނޑު ވާނީ ނިންމާފައި" ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
