މާލެ: 31°C
މާފަރު އެއާޕޯޓްގައި ކެފޭ އަކާއި ކޮފީޝޮޕެއް ހިންގާނެ ފަރާތެއް ހޯދަނީ

މާފަރު އެއާޕޯޓްގައި ކެފޭ އަކާއި ކޮފީޝޮޕެއް ހިންގާނެ ފަރާތެއް ހޯދަނީ

July 18, 2024
3 ފަހަރު ބަލާފައި
މާފަރު އެއާޕޯޓްގައި ކެފޭ އަކާއި ކޮފީޝޮޕެއް ހިންގާނެ ފަރާތެއް ހޯދަނީ
ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައި ކެފޭ އަކާއި ކޮފީޝޮޕެއް ހިންގާނޭ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާނުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މާފަރު އެއާޕޯޓް ހިންގާ އައިއޭއެސްއިން ބުނީ، ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ޖުލައިމަހުގެ 28 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނޭ ކަމަށެވެ. ކެފޭ ހިންގުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާއިރު، ފުރަތަމަ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ހިދުމަތުގެ ފެންވަރު ރަނގަޅުނަމަ މުއްދަތު ދެ އަހަރަށް އިތުރުކޮށްދެވޭނޭކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ކެފޭ ހިންގުމަށް ދޭ ތަނުގެ ބިމުކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ، މަހަކަށް 155،000 ރުފިޔާއެވެ. ކޮފީޝޮޕް ހިންގުމުގެ ފުރުސަތު ރާއްޖެއާ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދީފައިވާއިރު، ކޮފީޝޮޕްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކަށް 5،000 ރުފިޔާގެ ފީއެކެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ނ.މާފަރު އެއާޕޯޓްގައި 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލެއް ހަދައި، އޮޕަރޭޓް ކުރާނެ ބަޔަކު ހޯދުމަށްވެސް އިއުލާނުކޮށްފައެވެ. އެއާޕޯޓްގައި ތަރައްޤީކުރާ މި ހޮޓާ ހަދަން ނިންމާފައިވަނީ ރަށުގެ އުތުރު ފަރާތުން 4،002 އަކަފޫޓުގެ ބިމެއްގައެވެ. މާފަރު އެއާޕޯޓް އޮންނަ ނ އަތޮޅަކީ މަތީފަންތީގެ ރިސޯޓްތައް ހިންގާއިރު، މާފަރު އެއާޕޯޓް ފާހަގަކުރެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ނަގާފައި އެންމެ ގިނައިން ޕްރައިވެޓް ޖައްސާ އެއާޕޯޓްގެ ގޮތުގައެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް އެ އެއާޕޯޓަށް 353 ޖެޓް ވަނީ ޖައްސާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ