މާލެ: 31°C
"އެމްޑީޕީ ރޯޑްމްޕް"އަށް އާންމު މެމްބަރުންގެ ޚިޔާލު ހޯދަން ފަށައިފި

"އެމްޑީޕީ ރޯޑްމްޕް"އަށް އާންމު މެމްބަރުންގެ ޚިޔާލު ހޯދަން ފަށައިފި

July 18, 2024
2 ފަހަރު ބަލާފައި
"އެމްޑީޕީ ރޯޑްމްޕް"އަށް އާންމު މެމްބަރުންގެ ޚިޔާލު ހޯދަން ފަށައިފި
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ރޯޑްމެޕެއް އެކުލަަވާލުމަށް އާންމު މެންބަރުންގެ ޚިޔާލު ހޯދަން ފަށައިފިއެވެ. އެޕާޓީން ބުނި ގޮތުގައި އެގޮތުން އެންމެ ފުރަތަމަ ލީޑަޝިޕުން ދިޔައީ އައްޑު އަތޮޅަށެވެ. އިއްޔެ އެއަތޮޅުގެ ބައެއް ރަށްރަށުގެ އާންމު މެންބަރުންނާ ލީޑަޝިޕްގެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެމްޑީޕީން އިދާރީ ރޯޑްމެޕެއް މި އެކުލަވާލަނީ ބޮޑު ދެ އިންތިހާބުން ނާކާމިޔާބު ވެފައިވާ ދަނޑިވަޅެއްގައެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންހާބުން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަށް އިޝާރާތްކޮށް ޕާޓީގެ މެމްބަރުން ވަނީ ޕާޓީ އިސްލާހުކުރުމަށް ގޮވާލާފައެވެ. އަދި ލީޑަޝިޕްގެ އިސްތިއުފާއަށް ވެސް ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުން ގޮވާލިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ