މާލެ: 31°C
ބައިޑަންއަށް ތިން ވަނަ ފަހަރަށް ކޮވިޑް ޖެހިއްޖެ

ބައިޑަންއަށް ތިން ވަނަ ފަހަރަށް ކޮވިޑް ޖެހިއްޖެ

July 18, 2024
2 ފަހަރު ބަލާފައި
ބައިޑަންއަށް ތިން ވަނަ ފަހަރަށް ކޮވިޑް ޖެހިއްޖެ
އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާވެސް ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ. އުމުރުފުޅުން 81 އަހަރުގެ ބައިޑެންއަށް ދެ ފަހަރެއްގެ މަތިން މީގެ ކުރިން ކޮވިޑް ޖެހިފައިވެއެވެ. މިފަހަރު ކޮވިޑް ޖެހުނީ ކޮވިޑް ވެކްސިން ޖައްސަވައި، ބޫސްޓާ ޑޯޒް ވެސް ފުރިހަމަ ކުރައްވާފައިވަނިކޮށެވެ. ބައިޑެން ކޮވިޑަށް ޕޮޒިޓިވްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ލަސް ވެގަސްއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ޕޮޒިޓިވްވިކަން އެނގުނު ހިސާބުން ކެމްޕެއިން ހަރަކާތްތައް ވަނީ ކެންސަލް ކުރައްވާފައެވެ. ވައިޓް ހައުސްއިން ބުނީ އަމިއްލަ ގެކޮޅަށް ބައިޑެން ވަޑައިގެން، އެކަހަރިވެވަޑައިގަންނަވާނެ ކަމަށާއި އޭނާ ރާވާފައި އެ ގެކޮޅުގައި ހުންނަވައިގެން ރައީސްގެ ޒިންމާތައް އަދާކުރެއްވުމަށް ކަމަށެވެ. ބައިޑެންގެ ޑޮކްޓަރާ ހަވާލާދީ ބީބީސީން ބުނީ ކޮވިޑު ޖެހުނު ފަހުން، އޭނާގެ ނޭފަތުން ލޭއައުމާއި ކެއްސުމާއި ނޭވާ ހިއްލުންފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށެވެ. އެންމެ ދޮށީ އުމުރުގައި އެމެރިކާގެ ރައީސްކަން ކުރައްވާ ބޭފުޅަކީ ބައިޑަންއެވެ. ދެ ދައުރެއްގައި އެމެރިކާގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބައިޑެންގެ ސިއްހީ ހާލުކޮޅާ ގުޅިގެން ރައީސްގެ ޒިންމާތައް އަދާނުކުރެވޭ ކަމަށް ބުނެ، ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. މުސްކުޅި އުމުރުގައި ބައިޑެން އުޅުއްވަން ޖެހިވަޑައިގަންނަވާ ގޮތުން، ދެ ވަނަ ދައުރަކަށް އޭނާ އިންތިހާބު ނުވާނެ ކަމަށް ވަނީ ބެލެވިފައެވެ. ބައިޑެންގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށް ބެލެވިފައި ވަނީ މަރުގެ އެތިފަހަރަކުން ސަލާމަތްވެވަޑައިގެންނެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ މި އަހަރުގެ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ