މާލެ: 31°C
ބެންކޮކް ހަޔަޓު ހޮޓަލުގެ މަރުގެ ހާދިސާ: މަރުވި މީހުންގެ ހަށިގަނޑުން ބާރުގަދަ ޒަހަރެއްގެ އަސަރު

ބެންކޮކް ހަޔަޓު ހޮޓަލުގެ މަރުގެ ހާދިސާ: މަރުވި މީހުންގެ ހަށިގަނޑުން ބާރުގަދަ ޒަހަރެއްގެ އަސަރު

July 18, 2024
2 ފަހަރު ބަލާފައި
ބެންކޮކް ހަޔަޓު ހޮޓަލުގެ މަރުގެ ހާދިސާ: މަރުވި މީހުންގެ ހަށިގަނޑުން ބާރުގަދަ ޒަހަރެއްގެ އަސަރު
ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އެންމެ މަޝްހޫރު އެއް ހޮޓާތަކުގައިވާ ގްރޭންޑް ހަޔަޓް އަރަވަން ހޮޓަލުގެ ސްވީޓެއްގައި މަރާލާފައިވާ ވިއެޓްނާމުގެ ހަ ފަތުރުވެރިންގެ ހަށިގަނޑުން ނުރައްކާތެރި ޒަހަރެއްގެ އަސަރު ފެނިއްޖެއެވެ. ތައިލެންޑްގެ ފުލުހުން ބުނެފައިވާ ގޮތުގައި ތަހުގީގުގެ ބޭނުމަށް ހެދި އޮޓޮޕްސީ ރިޕޯޓްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމީހުންގެ ހަށިގަނޑުން ފުރާނައަށް ނުރައްކާވާޒާތުގެ ވަރަށް ނުރައްކާތެރި ކެމިކަލެއްގެ އަސަރު ވަނީ ފެނިފައެވެ. މިހާތަނަށް ބެލިބެލުމުން، ހަޔަޓު ހޮޓަލުގައި މަރުވި މީހުންގެ ތެރެއިން މީހަކާ މަރުގެ ހާދިސާއާ ގުޅުވޭނެ ބައެއް ހެކިތައް ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެމީހުން މަރުވެފައިވަނީ އެ ޒަހަރުގެ އަސަރު ހަށިގަނޑަށް ކުރުމުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. ގޭހާއި ކްރިސްޓަލް ފޯމުގައި ހުންނަ މި ނުރައްކާތެރި ކެމިކަލްގެ އަސަރު އެމީހުންނަށް ކޮށްފައިވާ ކަމަށް އެމީހުންގެ އިނގިލިތަކުގެ ނިޔަފަތީގެ ކުލައަށާއި އެތެރެހަށީގެ ބައެއް ގުނަވަންތަކުގެ ކުލައަށް އައިސްފައިވާ ބަދަލުތަކުން ފުލުހުން ކަށަވަރު ކުރެެއެވެ. ފުލުހުންގެ ޚާއްސަ ޓީމަކުން ތަހުގީގުކުރަމުން ގެންދާ މަރުގެ ހާދިސާގައި ހިމެނޭ މީހުން ހޮޓަލަށް ޗެކިންވެފައި ވަނީ ޖުލައި 13 އަދި 14ވަނަ ދުވަހު ކަމުގައި ބެންކޮކުގެ ފުލުހުން ބުންޏެވެ. ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ޓީތީ ސޭންގްސަވާން ވިދާޅުވީ, މަރައިލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ތިން ފިރިހެނުން ކަމުގައެވެ. އަދި, އެ މީހުންނަކީ ވަކިން ކޮޓަރި ބުކްކޮށްގެން ދަތުރު ކޮށްފައިވާ ބަޔެއް ކަމަށާއި, ނަމަވެސް އެ އެންމެންގެ ހަށިތައް ފެނިފައި ވަނީ އެއް ކޮޓަރިން ކަމުގައެވެ. އެ ކޮޓަރިން ހަމަނުޖެހުމެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މަރައިލާފައިވާ މީހުންގެ ހަށިތައް ފެނިފައި ވަނީ ހޮޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. ތައިލެންޑުގެ ބޮޑުވަޒީރު ސެއްތާ ތަވީސިން ވަނީ މި ހާދިސާ ހިނގާފައިވާ ހޮޓަލަށް ޒިޔާރަތް ކުރައްވައި, ތަޙުޤީޤު ކުރިއަށްދާ ގޮތް ބައްލަވައިލައްވާފައެވެ. އަދި, އެ ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އޭނާ ވަނީ އަމުރު ކުރައްވާފައެވެ. މަރައިލާފައިވާ މީހުންގެ ތެރެއިން ދެ މީހަކީ އެމެރިކާގެ ޕާސްޕޯޓް އޮތް ދެ މީހުންނަށް ވުމާ އެކު, އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ހާދިސާގެ ތަޙުޤީޤު ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަން ހާމަ ކޮށްފައެވެ. ނަމަވެސް, ވިއެޓްނާމްގެ އިދާރާތަކުން އެ ހާދިސާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ބެންކޮކުގައި ހުންނަ ގްރޭންޑް ހަޔަޓް އެރަވާނަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު 350 ކޮޓަރީގެ މަތީ ފެންވަރުގެ ހޮޓަލެކެވެ. އެ ހޮޓާ ހުންނަނީ ފިހާރަބަރިތައް ގިނަ ސަރަޙައްދެއްގައެވެ. ފަތުރުވެރި ކަމަކީ ތައިލެންޑުގެ އިޤުތިޞާދީ އެންމެ މައި އެއް ސިނާޢަތެވެ. ދެކުނު އިރުމަތީ އޭޝިޔާގައި ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު އޮތް ތައިލެންޑުން އެ އަހަރުގެ ތެރޭގައި 35 މިލިޔަން ފަތުރުވެރިން އެ ޤައުމަށް ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެއެވެ. ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ބެންކޮކުގައި ބަޑި ޖެހުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގިއެވެ. ހަޔަޓް ހޮޓާ ހުންނަ ސަރަޙައްދުގައި ހުރި ފިހާރަބަރިއެއްގައި ދިން ބަޑީގެ ޙަމަލާތަކުގައި ދެ ފަތުރުވެރިން މަރުވިއެވެ. އެ ހާދިސާއާ ގުޅިގެން ބެންކޮކުގައި ފަތުރުވެރިން ޢާންމުކޮށް ދަތުރު ކުރާ ހިސާބުތަކުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ