
ކާނާ ވިހަވި ފަސް ދަރިވަރަކު އައިސީޔޫގައި. އެކެއްގެ ހާލު ވަރަށް ސީރިއަސް
ކާނާ ވިހަވި ފަސް ދަރިވަރަކު އައިސީޔޫގައި. އެކެއްގެ ހާލު ވަރަށް ސީރިއަސް
ލިޔުން:
އައްޑޫސިޓީ ޕޮލިސް އެކަޑަމީގައި ތަމްރީނު ހަދަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި މިހާތަނަށް 5 ދަރިވަރަކު އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައ ޕޮލިސް އެކަޑަމީގައި ތަމްރީނުތައް ހަދަމުންދިޔަ 32 ދަރިވަރެއް ކާނާ ވިހަވެގެން މިރޭ އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މީގެ ތެރެއިން ފަސް ދަރިވަރަކަށް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި ބާއްވައިގެންނެވެ. މީގެ ތެރެއިން އެއް ދަރިވަރުގެ ހާލު ވަރަށް ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މީޑިއާތަކާ ވަހަކަދައްކަވަމުން ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް (ޑީޑީ) ވިދާޅުވެފައިވަނީ، ކާނާ ވިހަވީ މިރޭ ކެއުމުގައި ބޭނުންކުރި ކޮންމެވެސް އެއްޗެއްގެ ސަބަބުން ކަމަށެވެ. ކާނާ ވިހިވުމުގެ މައްސަލަ ދިމާވީ މިރޭ އިރާކޮޅު 20:00 ހާއިރުއެވެ.
ކާނާ ވިހަވި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ކޮލެޖުގައި 100 ވަރަކަށް ދަރިވަރުން ތަމްރީނުތައް ހަދަމުންދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
