މާލެ: 31°C
ކާނާ ވިހަވެގެން އައްޑޫސިޓީ ޕޮލިސް އެކަޑަމީގެ ދަރިވަރުން ތަކަކަށް ފަރުވާދޭން ފަށައިފި

ކާނާ ވިހަވެގެން އައްޑޫސިޓީ ޕޮލިސް އެކަޑަމީގެ ދަރިވަރުން ތަކަކަށް ފަރުވާދޭން ފަށައިފި

July 17, 2024
2 ފަހަރު ބަލާފައި
ކާނާ ވިހަވެގެން އައްޑޫސިޓީ ޕޮލިސް އެކަޑަމީގެ ދަރިވަރުން ތަކަކަށް ފަރުވާދޭން ފަށައިފި
ކާނާ ވިހަވެގެން އައްޑޫސިޓީ ޕޮލިސް އެކަޑަމީގައި ތަމްރީނު ހަދަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް ފަރުވާދޭން ފަށައިފިއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނާ ވިހަވަގެން ހާލު ދެރަވެ، ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ދަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ބައެއް މީޑިއާތަކާ ވަހަކަދައްކަވަމުން ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް (ޑީޑީ) ވިދާޅުވެފައިވަނީ، ކާނާ ވިހަވީ މިރޭ ކެއުމުގައި ބޭނުންކުރި ކޮންމެވެސް އެއްޗެއްގެ ސަބަބުން ކަމަށެވެ. މިގޮތުން މިހާތަނަށް 50 ދަރިވަރުން ކާނާ ވިހަވެގެން ފަރުވާ ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނާ ވިހަވި ދަރިވަރުންނަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ އެމަޖެންސީ ހާލަތުގައެވެ. މިރޭ 20:00 ހާއިރު ހިނގި އެ ހާދިސާގައި ކާނާ ވިހަވެގެން ފަރުވާދިން ދަރިވަރުން ފަހުން ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. ނަމަވެސް މީގެ ތެރެއިން 5 ދަރިވަރަކަށް އަދިވެސް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ. މީގެ ތެރެއިން އެއް ދަރިވަރުގެ ހާލު ވަރަށް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ ކާނާ ވިހަވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ