މާލެ: 31°C
މަތީ ތައުލީމްދޭ ތަންތަނުން ހުއްދަ ނުނަގައި އޮންލައިނު ކޯސްތައް ނުހިންގުމަށް އެމްކިއުއޭއިން އިންޒާރުދީފި

މަތީ ތައުލީމްދޭ ތަންތަނުން ހުއްދަ ނުނަގައި އޮންލައިނު ކޯސްތައް ނުހިންގުމަށް އެމްކިއުއޭއިން އިންޒާރުދީފި

July 17, 2024
2 ފަހަރު ބަލާފައި
މަތީ ތައުލީމްދޭ ތަންތަނުން ހުއްދަ ނުނަގައި އޮންލައިނު ކޯސްތައް ނުހިންގުމަށް އެމްކިއުއޭއިން އިންޒާރުދީފި
މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އީ-ލާރނިންގ ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި، ހުއްދަ ނުނަގާ ކޯސްތައް ނުހިންގުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އިންޒާރުދީފިއެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީގެ ކުރިން ކޮވިޑް-19 ގެ ވަބާ ގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމެދޭ މަރުކަޒުތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ޕްރޮގްރާމްތައް ހިންގުމަށް ދެވުނު ހުއްދަ ބާޠިލްކޮށް ޢާއްމުކޮށް ޢިއުލާނު ކޮށްފައިވާކަމަށެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އެ ގަވާއިދާ އެއްގޮތަށް، ޕްރޮގްރާމްތައް ހުށަހަޅާ ހުއްދަ ހޯދުމަށް އާއްމުކޮށް އިއުލާނުކޮށް އަންގާފައިވާކަމަށާއި، މިގޮތުން ގަވާއިދުތަކާ އެއްގޮތަށް ގިނަ މަރުކަޒުތަކުން ޕްރޮގްރާމް ހުށަހަޅާ ހުއްދަ ހޯދައިގެން ކުރިއަށް ގެންދާކަން އެމްކިއުއޭއިން ބުންޏެވެ. ނަމަވެސް މަތީ ތައުލީމްދޭ ބައެއް ތަންތަނުން އުސޫލާ ހިލާފަށް އޮންލައިންކޮށް ބައެއް ޕްރޮގްރާމްތައް ކުރިއަށްގެންދާކަން ކަމަށްވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ. އެމްކިއުއޭއިން އިތުރަށް ބުނީ، މަތީތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމަކީ އެމް.ކިއު.އޭ އިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން އަދި އެ ޕްރޮގްރާމެއްގެ 'ޑެލިވަރީ މޮޑަލިޓީ' މި އޮތޯރިޓީގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރަޖިސްޓްރީއިން ކަށަވަރު ކުރުމަށްފަހު ކިޔެވުން ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ޙާސިލްކުރާ ސަނަދެއް މި އޮތޯރިޓީން ޤަބޫލު ނުކުރާނެ ކަމަށާއި، އެކަމުގެ ޒިންމާ ނުނަގާނޭ ކަމަށްވެސް އެމްކިއުއޭއިން ވަނީ ބުނެފައެވެ.

ކޮލިފިކޭޝަން އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޙިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާނަމަ އެފަދަ ތަނަކާމެދު ހަމަޖެހިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އަޅާނޭކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ