މާލެ: 31°C
ކަރަންޓް އަގުބޮޑުވާ މައްސަލައިގެ ބަހުސް ކުރި ފަހުން މަޖިލިސްއިން ކަރަންޓު ކެނޑިއްޖެ

ކަރަންޓް އަގުބޮޑުވާ މައްސަލައިގެ ބަހުސް ކުރި ފަހުން މަޖިލިސްއިން ކަރަންޓު ކެނޑިއްޖެ

July 17, 2024
2 ފަހަރު ބަލާފައި
ކަރަންޓް އަގުބޮޑުވާ މައްސަލައިގެ ބަހުސް ކުރި ފަހުން މަޖިލިސްއިން ކަރަންޓު ކެނޑިއްޖެ
ފާއިތުވި މަސްތަކުގެ ކަރަންޓު ބިލުތައް "އިންތިހާއަށް" ބޮޑުވެފައިވާތީ އެކަން ތަހުގީގުކުރުމަށް ގޮވާލާ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރެއްވިފަހުން މަޖިލީހުގެ އިދާރާއިން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ. މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށްފަހު ޖަލްސާގެ ލައިވްސްޓްރީމް ދިޔައީ އިރު އިރުކޮޅާ ކެނޑެމުންނެވެ. ކުއްލި މައްސަލައަށް މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނިކޮށް، މިއަދުގެ މެންދުރު ފަހު ދަންފަޅީގެ ލައިވްސްޓްރީމް ވެސް މެދުކެނޑުނެވެ. އެއަށްފަހު ޖަލްސާ އަލުން ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިހާރު މަޖިލީހަށް ކަރަންޓުދެމުންދަނީ ބެކަޕް ޖެނަރޭޓަރެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި އެ ބޭނުންކޮށްގެން ކަރަންޓު ދެވޭނީ ކިހާއިރެއް ވަންދެންކަން ނޭނގޭތީ އޭނާ ނިންމެވީ ޖަލްސާ މިއަދަށް ނިންމާލުމަށެވެ. "މިވަގުތު ރަންކުރަމުން މިގެންދަނީ ބެކަޕް ޖެނަރޭޓަރުގައި. އެހެންނަމަވެސް ބެކްއަޕް ޖެނަރޭޓަރުން ހަމައެކަނި ޕަވާ ކުރެވިފައިވަނީ ޗެމްބާ އެކަނި. ދެން ހުރިހާ ފަންކްޝަންތަކެއް އެބަހުރި މިހާރު، ސްޓްރީމްވެސް ކުރެވެމުންދަނީ. އެހެންނަމަވެސް ބެކަޕް ޖެނަރޭޓަރުގައި އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ކިހާއިރަކު ކަމެއް އަޅުގަނޑުމެންނަށް ނޭނގޭ. އެހެންމަ ގަސްތުކުރަނީ މިއަދުގެ ޖަލްސާ މިހާހިސާބުން ނިންމާލާފައި އެޖެންޑާ ދެން އަންނަ ދުވަހަކުން ކުރިއަށްދާން." ނާޒިމް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ