
ދައުލަތުގެ ޓޫރިޒަމް ކުންފުނިން 18 އަހަރަށްފަހު، ފުރަތަމަ ފަހަރަށް އަމިއްލަ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ދައުލަތުގެ ޓޫރިޒަމް ކުންފުނިން 18 އަހަރަށްފަހު، ފުރަތަމަ ފަހަރަށް އަމިއްލަ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ލިޔުން:
ރައީސް މައުމޫނު ވެރިކަމުގައި އުފެއްދެވި ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަމިއްލަ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ބިންގާ އަޅުއްވައިދެއްވީ އެމްޓީޑީސީ އާއި އެޗްޑީސީގެ ވެރިންނެވެ. އެމްޓީޑީސީގެ އޮފީސް އިމާރާތް އެޅުމަށް އެޗްޑީސީން އެކުންފުންޏަށް ވިއްކި ބިން ހުންނަނީ ސެންޓްރަލް ޕާކް ކުރިމައްޗަށްވާ ގޮތަށް އަމީން އެވެނިއު ކައިރިއެވެ. މި ބިމުގެ ބޮޑުމިނަކީ 6،195 އަކަފޫޓެވެ. މި ބިން އެމްޓީޑީސީން ގަނެފައިވަނީ 22.5 މިލިއަން ރުފިޔާއަށެވެ.
އެމްޓީޑީސީން ހުޅުމާލައިން ބޮޑު އަގުގައި ބިމެއް ގަނެ އޮފީސް އިމާރާތެއް އަޅަން ފަށާފައިވާއިރު، އެކުންފުނިން އަދިވެސް ސަރުކާރަށް ބިމު ކުލީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދައްކަންޖެހެއެވެ.
ސަރުކާރުން އެމްޓީޑީސީ އުފެއްދިތާ 18 އަހަރު ވެފައިވާއިރު، މިހާތަނަށް އެކުންފުނީގެ އޮފީސް ހިންގަމުން އައިސްފައިވަނީ ކުއްޔަށް ތަނެއް ހިފައިގެންނެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރުމަށް ސަރުކާރުން 9 ރަށެއް ދިންއިރު، މީގެ ތެރެއިން މިހާރު އެމްޓީޑީސީއަށް ނަފާވަނީ އެންމެ ދެ ރިސޯޓުންނެވެ. އެއީ އަނަންތަރާ ކިހަވަށް ވިލާސް އާއި އަޔާޑާ މޯލްޑިވްސް އެވެ. އެމްޓީޑީން ކުރިއަށްގެންދިޔަ ޓޫރިޒަމް ޕްރޮޖެކްޓްގެ ތެރެއިން ހެރެތެރެ ރިސޯޓް އަދި ހއ އުލިގަމްގައި ތަރައްޤީކުރަންފެށި ސިޓީ ހޮޓާ މަޝްރޫއު އިން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައިރު، މިހާރު އެކުންފުނީގެ އެންމެ ބޮޑު އުއްމީދަކީ ހދ އަތޮޅުގައި ތަރައްޤީކުރަމުންދާ ނާގޯށި ރިސޯޓެވެ. އެ ރިސޯޓަކީ 230 އެނދުގެ ރިސޯޓެކެވެ.
އެމްޓީޑީސީ ވުޖޫދަށް އައިތާ 18 އަހަރުވެފައިވާއިރު، ފަތުރުވެރިކަމުން ލިބެންޖެހޭ ހަގީގީ މަންފާ އަދި މިހާތަނަށް އެކުންފުނިން ލިބެމުން ނުދާކަމަށް އާއްމު ހިއްސާދާރުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާގައި ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
