މާލެ: 31°C
ގަވަރުނަރު މަގާމުން ވަކިކުރަން އެންމެ ފަހުން ކޮމިޓީން ނިންމައިފި

ގަވަރުނަރު މަގާމުން ވަކިކުރަން އެންމެ ފަހުން ކޮމިޓީން ނިންމައިފި

July 17, 2024
3 ފަހަރު ބަލާފައި
ގަވަރުނަރު މަގާމުން ވަކިކުރަން އެންމެ ފަހުން ކޮމިޓީން ނިންމައިފި
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. ހާޝީމް ވަކިކުރަން ރައީސް ޑރ މުހައްމަދު ދެއްވާފައިވާ  މި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. އޭނާ މަޤާމުން ވަކި ކުރަން ނިންމާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެއެވެ. ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ފާސްވީ މިއަދުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާޤުންނެވެ. ގަވަރުނަރަށް ޖަވާބުދާރީވުމަށް ކޮމިޓީން ވަނީ ތިން ފުރުސަތެއް ދީފައެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ އަދި އޭގެ ކުރީ ދުވަހުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އެމްއެމްއޭއިން ވަނީ އަންގާފައެވެ.  މިއަދު ވެސް ކޮމިޓީއަށް ހާޒިރުވެ ވަޑައިނުގަންނަވާ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ގަވަރުނަރު ވިދާޅުވީ, ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީ ނުވެވޭނެ ކަމަށާއި ނަމަވެސް ސުވާލެއް އޮތްނަމަ ސިޓީއިން ޖަވާބު ދެއްވިދާނެ ކަމަށެވެ. އަދި އިއްޔެ މަޖިލީހަށް 14 ޞަފްހާގެ ރިޕޯޓެއް ހުށަހަޅާފައިވާނެ ކަމަށާއި ސުވާލުތަކުގެ ޖަވާބު އޭގެން ލިބޭނެ ކަމަށް ޖަވަރުނަރު ވިދާޅުވިއެވެ. މަޖިލީހަށް ހާޒިރުވެ ވަޑައި ނުގަތް ނަމަވެސް އިއްޔެ ގަވަރުނަރު ވަނީ ސިޓީއިން ޖަވާބު ދެއްވާފައެެވެ. ކޮމިޓީއަށް ފޮނުވި ސިޓީގައި އޭނާ ވިދާޅުވީ, ސަރުކާރުތަކަށް ގަވަރުނަރުގެ ހައިސިއްޔަތުން ލަފާ ދެއްވާ ކަމަށާއި ނަމަވެސް ސަރުކާރުން އިރުޝާދުތަކުގެ އަޑު ނާއްސަވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ