މާލެ: 31°C
ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ބާކައުންސިލް އެކުލާލުމަށް ގާނޫނަށް ބަދަލު ގެންނަނީ

ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ބާކައުންސިލް އެކުލާލުމަށް ގާނޫނަށް ބަދަލު ގެންނަނީ

July 17, 2024
2 ފަހަރު ބަލާފައި
ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ބާކައުންސިލް އެކުލާލުމަށް ގާނޫނަށް ބަދަލު ގެންނަނީ
ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން އިއްވާފަ އެވެ. އެ ބިލު ހުށަހެޅި މަގްސަދެއްގެ ގޮޮތުގައިި ބުނެފައިވަނީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމަށް ކަނޑައަޅައި، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އުނިކުރުމުން، އެ ކޮމިޓީ އެކުލެވޭނީ ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުން ނެވެ. މިހާރު ބަންޑާރަ ނައިބާ އެކު އެ ކޮމިޝަންގައި ހަ މެމްބަރުން ތިއްބަވަ އެވެ. މީގެއިތުރުން، ރަސްމީ އިދާރާތަކުންނާޢި ރަޖިސްޓްރީކޮށްފައިވާ ކިޔަވާދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖަހާދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖަހާދިނުން ހުއްދަކުރުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ