
މިމަހުގެ ފުރަތަމަ 15 ގައި 76،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް
މިމަހުގެ ފުރަތަމަ 15 ގައި 76،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް
ލިޔުން:
މިމަހުގެ ފުރަތަމަ 15 ގެ ނިޔަލަށް ރާއްޖެއަށް 76،000 އަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 15 ގެ ނިޔަލަށް 76،837 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއާއެކު އަހަަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،092،366 އަށް އަރާފައެވެ.
އެގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހަށް ބަލާއިރު، ރާއްޖެއަށް 68،723 ފަތުރުވެރިން އައިއިރު، މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު %11.8 ގެ އިތުުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 998،330 އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާއިރު، އެއް ވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 136،728 އަށް އަރައެވެ. ދެވަނައިގައި ރަޝިއާ އޮތީ 114،981 ޓޫރިސްޓުންނާ އެކީގައެވެ. އަދި ތިން ވަނައިގައި އޮތް އިނގިރޭސިވިލާތް 98،775 ޓޫރިސްޓުންނާ އެކު އޮތްއިރު، ހަަތަރު ވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 83،460 ފަތުރުވެރިން އައިސްފައިވެއެވެ.
ދުވާލެއްގެ މައްޗަށް މިހާރު ރާއްޖެއަށް ޒިޔާރަތްކުރަނީ 5،545 ފަތުރުވެރިން ކަމަށްވާއިރު، މިއީ ކޮންމެ އަހަރެއްގައިވެސް ރާއްޖެއަށް ފަތުުރުވެރިން އެންމެ މަދުން އަންނަ ދުވަސްވަރުކަން ފާހަގަކުރެވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
