މާލެ: 31°C
20 އިމާމުން ތަމްރީނަކަށް ބުރޫނާއީ އަށް ފުރައިފި

20 އިމާމުން ތަމްރީނަކަށް ބުރޫނާއީ އަށް ފުރައިފި

July 17, 2024
2 ފަހަރު ބަލާފައި
20 އިމާމުން ތަމްރީނަކަށް ބުރޫނާއީ އަށް ފުރައިފި
ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ތެރެއިން އިތުރު 20 އިމާމަކު ބުރޫނާއީ އަށް ރޭ ފުރައިފިއެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު ފޮނުވި އިމާމުންގެ ތިން ވަނަ ބެޗެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ތަމްރީނަކަށް 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް އިމާމުން ދަތުރު ކުރާނެއެވެ. އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން މީގެކުރިން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އެ މިނިސްޓްރީން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމަކީ އިސްލާމިކް މިނިސްޓްރީގެ އަމާޒެކެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ