
ކުރީ ސަރުކާރުގައި ފެނަކައިން ނުހައްގު މުއްސަނދިކަން ހޯދި މީހުންގެ މިލްކިއްޔާތު ޗެކްކުރަނީ
ކުރީ ސަރުކާރުގައި ފެނަކައިން ނުހައްގު މުއްސަނދިކަން ހޯދި މީހުންގެ މިލްކިއްޔާތު ޗެކްކުރަނީ
ލިޔުން:
ފެނާއި ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުނި، ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖްމެންޓުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ނުހައްގުން މުއްސަނދިކަން ހޯދި ފަރާތްތައް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވަނީ އޭސީސީން ބަލަމުންދާ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
އިއްބެގެ ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފެނަކައިގެ 60 މަޝްރޫއުއެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަތަކެއް ބަލަމުންދާ އަންނަ ކަމަށެވެ.
ޝާމިލް ވިދާޅުވީ މައްސަލައިގެ ޕްލިމިނަރީ ހޯދުންތައް ހޯދިފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ މަޝްރޫއުތަކުން މީހުންނަށް މަންފާ ލިބުނު ގޮތް ހޯދުން ކަމަށް ވިދާޅުވި އެވެ.
"މިހާރު މަސައްކަތް މިކުރަނީ އިތުރު މަންފާ ލިބިފައި އޮތީ ކިހިނެތްތޯ ބަލަން، އެ ބަލައިގެން ނޫނީ ނުހައްގު މުއްސަނދިކަން ހޯދިފައިވާ އޮތްގޮތް ނުހޯދޭނެ" އޭނާ ވިދާޅުވި އެވެ.
ޝާމިލް އިތުރަށް ވިދާޅުވީ، އެ މައްސަލާ ގައި ހިމެނޭ ފަރާތްތަކުގެ ބޭންކް ޓްރާސެކްޝަންތަކާއި، މިލްކިއްޔާތާއި، ހިންގި މުއާމަލާތްތައް ބެލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަަމަށެވެ.
"މިހާރު ވެސް ބަލާއިރު ފާހަގަވެފައި ވަނީ ފެނަކައިގެ ކަންކަމުގައި ވަކި ދުވަސްވަރެއްގައި، ފެނަކައިގެ ތެރޭގައި ޕްރޮޖެކްޓްތަކުގެ ނަމުގައި ވަޒީފާތަކެއް ވަރަށް ބައިވަރު އުފައްދާފައި ހުރިކަން. އެ ވަޒީފާތައް ދިނުމުގައި އެ ބޭފުޅުންނަށް ކެއުމާއި ސަޔާއި، އެ ބޭފުޅުން އެ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ވަކި ފަރާތްތަކަަށް ފައިދާވަ ގޮތަކަށް ނަގާފައި ހުރީ" ޝާމިލް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
