މާލެ: 31°C
އެމްއެމްއޭގައި މަރުކަޒީ ބޭންކެއްގެ ސިފަތަކެއް ނެތްކަމަށް އޭސީސީން ތުހުމަތުކޮށްފި

އެމްއެމްއޭގައި މަރުކަޒީ ބޭންކެއްގެ ސިފަތަކެއް ނެތްކަމަށް އޭސީސީން ތުހުމަތުކޮށްފި

July 16, 2024
3 ފަހަރު ބަލާފައި
އެމްއެމްއޭގައި މަރުކަޒީ ބޭންކެއްގެ ސިފަތަކެއް ނެތްކަމަށް އޭސީސީން ތުހުމަތުކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން މަރުކަޒީ ބޭންކެއްގެ ޒިއްމާ އަދާކުރަމުން ނުދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އެމްއެމްއޭއިން މަރުކަޒީ ބޭންކެއްގެ ޒިންމާ އަދާކުރަމުން ނުދާކަމަށާއި، ކޮރަޕްޝަނާ ހިޔާނާތާއި އެނޫންވެސް އެފަދަ މައްސަލަތަކުގެ ތަހުޤީގަށް އެމްއެމްއޭއިން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމުގައި ނިހާޔަތަށް ދަތިކަމަށެވެ. މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން ދޭންޖެހޭ މައުލޫމާތުތައް ދިނުމުގައި އެމްއެމްއޭގެ އެއްބާރުލުން ލިބެމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން އޭސީސީގެ ރައީސް ވިދާޅުވީ، އެމްއެމްއޭއިްނ ރާއްޖޭގެ ބޭންކިން ނިޒާމް ރަނގަޅަށް ބަލަހައްޓަމުންދާކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށާއި، މިހާތަނަށްވެސް އެދުނު ކަންކަމުގައި ތަކުރާރުކޮށް މައުލޫމާތު ހޯދުމަށް އެދުމުންވެސް މައުލޫމާތު ދީފައިނުވާކަމަށެވެ. އެމްއެމްއޭއިން ހަދަންޖެހޭ ކަމާގުޅޭ ޤާނޫނުތައް ޒަމާނާ ގުޅޭގޮތަށް ހަދާފައި ނުހުންނަކަން ފާހަގަކުރައްވައި އޭސީސީގެ ރައީސް ވިދާޅުވީ، ބޭންކިން ނިޒާމު އެމްއެމްއޭއިން ބަލަހައްޓަމުން އެދަނީ ރަނަގޅަށް ތޯ ބަލަން އެބަޖެހޭ ކަމަށެވެ. ރާއްޖޭގައި ހިނގާފައި ހުރި މާލީ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ކަމަށްވާ، އެމްއެމްޕީއާރުސީ މައްސަލައާއި، ފެނަކަ ފަދަ ކުންފުނިތަކުގެ މާލީ ނަހަމަ މުއާމަލާތްތަކުން މީހުން ހޯދާފައިވާ ނުހައްގު ފައިސާވެރިކަން ރަނގަޅަށް ބަލަންޖެހޭ ކަމަށްވެސް އޭސީސީގެ ރައީސް ޝާމިލް ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އޭސީސީން އެމްއެމްއޭއަށް ވަރަށްބޮޑަށް ފާޑުކިޔައި ވާހަކަދައްކާފައިވާއިރު، ސަރުކާރުގެ ސުޕަ މެޖޯރިޓީއޮތް މަޖިލީހުގެ ތެރެއިން ދަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ތައްޔާރުވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ