މާލެ: 31°C
މާލެ އަދި ހުޅުމާލެއިން ކަނޑުމަސް ލިބުން ދަތިވެއްޖެ

މާލެ އަދި ހުޅުމާލެއިން ކަނޑުމަސް ލިބުން ދަތިވެއްޖެ

July 16, 2024
2 ފަހަރު ބަލާފައި
މާލެ އަދި ހުޅުމާލެއިން ކަނޑުމަސް ލިބުން ދަތިވެއްޖެ
މާލޭ އަދި ހުޅުމާލެއިން ކަނޑުމަސް ލިބުން ދަތިވެއްޖެއެވެ. ހުޅުމާލޭ މަސްމާރުކޭޓަށް ބަލާއިރު، މިއަދު މެންދުރު އެކެއް ޖެހުމާއި ހަމަޔަށްވެސް މާރުކޭޓް އޮތީ ހުސްކޮށެވެ. މާލޭ މަސްމާރުކޭޓަށް ބަލާއިރު، ކުރިން ބާނާފައި ހުރި މަސް ކޮންމެވެސް ވަރަކަށް ލިބެން ހުރި ނަމަވެސް ކަނޑުމަސް ހުރީ ވަރަށް މަދުންނެވެ. މާލެ އަދި ހުޅުމާލޭގެ މަަސް މާރުކެޓުން ކަޑުމަސް ލިބުން ދަތިވެފައިވާއިރު، މާލޭ އަދި ހުޅުމާލޭގެ ފިހާރަތަކުން އަދި މިފްކޯ ފިހާރައިންވެސް ކަނޑުމަސް މިވަގުތު ނެތްކަން ފާހަގަކޮށްލެވެއެވެ. "މަސްވެރިކަން ވަރަށް ދަށްކޮށް ދަނީ. މިއަދުވެސް އަދި ނެތް މާރުކޭޓަކު މަހެއް" ހުޅުމާލޭ މަސްމާރުކޭޓް ވައިބާ ގްރޫޕްގައި ކުރި މެސެޖެއްގައި މާރުކޭޓް ހިންގާ ފަރާތުން ކުރި މެސެޖެއްގައި ބުންޏެވެ. މޫސުމީ ނަކަތުން ބަލާއިރު، މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މަސް އައިންތައް ރަށްރަށާ ކައިރިން ފެންނާނޭކަމަށް އިހުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިނިވަންއާ ވާހަކަދައްކަމުން ބައެއް ކެޔޮޅުން ބުނީ، ކަނޑުމަސް ލިބުން ދަތިވެފައިވަނީ ދޯނިތަކުން މަހަށް ނުފުރާތީ ކަމަށެވެ. ދޯނިތައް މަހަށް ނުފުރުމުގެ މައިގަނޑު ސަބަބެއްކަމަށް ކެޔޮޅުން ބުނީ ކިރުވިމަހަށް ފައިސާ ނުލިބުމާއި ތެޔޮ ނުލިބިގެން ކަމަށެވެ. މިގޮތުން މިހާރު ކުރެޑިޓަށް ތެޔޮ ލިބުމުގައިވެސް ދަތިތަކެއް ހުރިކަމަށް ކެޔޮޅު ފާހަގަކުރިއެވެ. މާލެ އަދި ހުޅުމާލެއިން ކަނޑުމަސް ލިބުން ދަތިވެފައިވާއިރު، ގިނަ ފިހާރަތަކުން ރިހާކުރުވެސް ވަނީ ހުސްވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ