
ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގެންނެވިި، މާދަމާ ކޮމިޓީން ގޮތެއް ނިންމާނެ
ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގެންނެވިި، މާދަމާ ކޮމިޓީން ގޮތެއް ނިންމާނެ
ލިޔުން:
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމަށް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ފަހު ފުރުސަތެއް ދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ އިއްޔެ އާއި މިއަދުވެސް އެޖެންޑާ ކުރި އެވެ.
އިއްޔެ އެކޭ އެއްގޮތަށް މިއަދު 11 ޖެހިިއިރު އޮތް ކޮމިޓީގެ ބައްދަލުވުމަށްވެސް ވަޑައިނުގަންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ހާޝިމް ވަނީ އަންގާފަ އެވެ. އެހެންވެ މާދަމާ އިތުރު ފުރުސަތެއް ދޭން ކޮމިޓީން ވަނީ ނިންމާފަ އެވެ.
"... މާދަމާވެސް އަޅުގަނޑުމެން އެ މައްސަލަ އެންމެ ފަހު ދުވަހުގެ ގޮތުގައި ޖަވާބުދާރީވާން ފުރުސަތު ދޭން" ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. އެއަށް ފަހު އިތުރަށް ހުރި ކަންކަމާއިގެން ކުރިއަށް ގެންދާނެ ކަމަށް މުގައްރިރު ވިދާޅުވި އެވެ.
ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ކޮމިޓީން ފާސްކުރީ މި މަހުގެ 2ގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
