ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ކަސްޓަމްސްގެ ވެރިން ހާޒިރުކޮށް އެ އިދާރާގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މަސްތުވާތަކެތި ޓެސްޓްކުރުމަށް ކަސްޓަމްސްގައި އަމިއްލަ ލެބެއް ހަދަނީ
މަސްތުވާތަކެތި ޓެސްޓްކުރުމަށް ކަސްޓަމްސްގައި އަމިއްލަ ލެބެއް ހަދަނީ
ލިޔުން:
އިންޑިއާ ސަރުކާރުގެ އެހީގައި ކަސްޓަމްސްގައި މަސްތުވާތަކެތި ޓެސްޓް ކުރަން ލެބޯރެޓަރީއެއް ގާއިމުކުރުމުގެ މަސައްކަތްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
ކޮމިޓީގައި ވާހަކަ ދައްކަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވީ ކަސްޓަމުގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެއްޗާ މެދު އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މާނިއު ވިދާޅުވީ އެކަން ކުރާނީ ގާނޫނު އިސްލާހު ކޮށްގެން ކަމަށެވެ. އެއަށް ފަހު ވިދާޅުވީ ޑްރަގު ޓެސްޓު ކުރެވޭނެ ލެބެއް ގާއިމްކުރުމުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށެވެ.
މަސްތުވާތަކެތި ލެބޯރެޓަރީއަކުން ޓެސްޓު ކުރަމުން ދަނީ ހަމައެކަނި ފުލުހުންގެ ފޮރެންސިކް ލެބް ގައެވެ. މާނިއު ވިދާޅުވީ ކަސްޓަމުން ހިފަހައްޓާ މަސްތުވާތަކެތި ޓެސްޓް ކުރުމަށް ފަހު ސާމްޕަލެއް ޓެސްޓް ކުރުމަށް ފުލުހުންގެ ލެބަށްވެސް ފޮނުވާނެ ކަމަށެވެ.
ކަސްޓަމުން އަތުލައިގަންނަ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ނިމެންދެން އެފަދަ ތަކެތި ބަހައްޓާކަން ފާހަގަކުރަމުން މާނިއު ވިދާޅުވި ގޮތުގައި އެގޮތަށް އަތުލައިގަނެވޭ ތަކެތި ޓެސްޓު ކުރުމަށްފަހު 24 ގަޑިއިރަށް ވުރެ އިތުރަށް ބެހެއްޓުމުގެ ބޭނުމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
