މާލެ: 31°C
މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑިފުށި މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑިފުށި މީހަކު ހޯދަނީ

July 16, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑިފުށި މީހަކު ހޯދަނީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ އިބްރާހީމް ރަޝާދު، ތ. މަޑިފުށި / މިޝަން (41އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، އާދަމް ޙަލީމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، އަންނަ އަންގާރަ ދުވަހުގެ 12:00 އަށް، އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ