މާލެ: 31°C
މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި

މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި

July 16, 2024
2 ފަހަރު ބަލާފައި
މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި
މާލޭގެ އަމީނީ މަގުގައި ހިންގާ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައި އެ ތަނަށް ބަޔަކު ގެއްލުން ދީފިއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އަމީނީ މަގުން ފުރުގާން މިސްކިތުގެ ކުރިމަތީގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައެއްގެ ރިޕޯޓް ރޭ މެންދަމު ތިނެއް ޖަހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެއެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ސާފެއް ނުވެއެވެ.

ކޭއެފްސީއަށް ގެއްލުން ދީފައިމިވަނީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ކޭއެފްސީގެ ކުރިމަތީގައި އެތައް ފަހަރު ބަޔަކު މުޒާހަރާކުރި ފަހުންނެވެ. މީގެކުރިން ކޭއެފްސީ ތެރެއަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވެސް ވެއެވެ. ފަލަސްތީނާ ދެކޮޅަށް މިހާރު އިސްރާއިލުން ހިންގަމުންދާ ހަނގުރާމައަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ވެސް ދަނީ ގޮވާލަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ