
އޭސީސީން ވަކި ގޮތެއް ނާންގަނީސް ޔާމީނުގެ އެއް މިލިއަން ޑޮލަރު ދުލެއް ނުކުރެވޭނެ: ބީއެމްއެލް
އޭސީސީން ވަކި ގޮތެއް ނާންގަނީސް ޔާމީނުގެ އެއް މިލިއަން ޑޮލަރު ދުލެއް ނުކުރެވޭނެ: ބީއެމްއެލް
ލިޔުން:
އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ކުރީގެ ރައީސް އަބްދުالله ޔާމީން ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ދެވޭނީ އޭސީސީއަށް ކަމަށާއި އެ ފައިސާ ހޯދަން ބޭންކުގެ ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ހައިކޯޓުގައި ބުނެފި އެވެ.
އެސްކްރޯ އެކައުންޓަކަށް 2018 ވަނަ އަހަރު ޔާމީން އެއް މިލިއަން ޑޮލަރު ޖަމާ ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ތަހުގީގު ނިމެންދެން އެ ފައިސާ އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށެވެ.
އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ. ނަމަވެސް ބޭންކުން އިޖްރާއީ ނުކުތާއެއް ނެގީ އެ ދައުވާ ބޭންކުގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ އެވެ.
އެކަމަކު އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރި އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލުން ބުނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ މުއާމަލާތުގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.
ބޭންކުން ބުނިގޮތުގައި އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ދޫކުރެވޭނެ ގޮތްތައް ޔާމީނާއި އޭސީސީއާ ދެމެދު ހެދި އެއްބަސްވުމުގައި އެބައޮތެވެ. އެހެންވެ، އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާ ކުރިޔަސް ކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށާއި ނަމަވެސް ޔާމީންގެ ފަރާތުން އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާކުރީ ވެސް ބޭންކުގެ މައްޗަށް ކަމަށާއި އަދި އޭސީސީގެ މައްޗަށް ދައުވާކުރީ ފަހުން ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.
ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.
އެ މައްސަލަ ނިމެންދެން އެ މައްސަލަ ސިވިލް ކޯޓުގައި މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
