މާލެ: 31°C
އަށް ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އަށް ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

July 15, 2024
2 ފަހަރު ބަލާފައި
އަށް ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
އަށް ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ. ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތަކެއްގަ އެވެ. ރައީސަށް މިއަދު ފަތްކޮޅު އަރުއްވާފައިވާ އަށް ސަފީރުންނަކީ:
  • ސްލޮވާކް ރިޕަބްލިކް - ރޮބަޓް މެކްސިއަން
  • ކެމްބޯޑިއާ - ކޮއީ ކުންގް
  • އަޔަލެންޑް - ކެވިން ކެލީ
  • ޗިލޭ - ހުއަން އެންގުލޯ
  • އޮމާން - އަހްމަދު އަލީ ސާއިދު އަލް ރަޝްދީ
  • ޕެރޫ - ހާވިއެ މެނުއެލް ޕައުލިނިކް ވެލަޑެ
  • ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް - ބުންމީ ވަންމަނީ
  • ފިންލޭންޑް - ކިއްމޯ ލަހްޑެވީރްތަ
ސަފީރުންގެ ފަތްކޮޅުތަކާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ވަނީ އެ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ ގައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ތައުލީމާއި ވިޔަފާރީގެ ދާއިރާ އަދި މި ނޫންވެސް ރާއްޖެ އާއި އެ ގައުމުތަކުން އިސްކަންދޭ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން ރާއްޖެ އާ އެ ގައުމުތަކާ އޮންނަ ރަހުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ. މި ސަފީރުންނަކީ ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި އެ ގައުމުތަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުންނެވެ. މި ސަފީރުންގެ ތެރެއިން ސްލޮވާކް ރިޕަބްލިކް، ކެމްބޯޑިއާ، އަޔަލެންޑް، ޗިލޭ، ޕެރޫ، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އަދި ފިންލޭންޑުން ކަނޑައެޅި ސަފީރުން ތިބޭނީ އިންޑިއާގެ ވެރި ރަށް ނިއުދިއްލީގަ އެވެ. އޮމާން ސަފީރު ހުންނަވާނީ ސްރީ ލަންކާގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ