މާލެ: 31°C
މާލީ ވަޒީރު ވިދާޅުވަނީ، މަރުކަޒީ ބޭންކުން އިސްނަގައިގެން ލަފާ ދީފައިނުވާކަމަށް

މާލީ ވަޒީރު ވިދާޅުވަނީ، މަރުކަޒީ ބޭންކުން އިސްނަގައިގެން ލަފާ ދީފައިނުވާކަމަށް

July 15, 2024
2 ފަހަރު ބަލާފައި
މާލީ ވަޒީރު ވިދާޅުވަނީ، މަރުކަޒީ ބޭންކުން އިސްނަގައިގެން ލަފާ ދީފައިނުވާކަމަށް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަމިއްލައަށް އިސްނަގައިގެން ރާއްޖޭގެ އިޤްތިސާދީ ކަންކަމާ ގުޅޭގޮތުން މި ސަރުކާރަށް ލަފާދީފައި ނުވާކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ. މަޖިލީހުން ފޮނުވި ސިޓީއަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައިން ގަވަރުނަރު އަލީ ހާޝިމްގެ ފަރާތްޕުޅުން އަމިއްލައަށް އިސްނަގައިގެން އެއްވެސް ލަފައެއް ދެއްވާފައި ނުވާކަމަށެވެ. ނަމަވެސް މިދިޔަ  ދުވަސްތަކު ތެރޭގައި ޕޮލިސީ ލެވެލްގައި ގަވަރުނަރާއެކު ބޭއްވި ބައްދަލުވުންތަކުގައި ވާހަކަތައް ދެކެވިފައިވާކަމަށް ގަވަރުނަރުގެ ސިޓީގައި ވިދާޅުވިއެވެ. ނަމަވެސް މި ވީތަނުގައި ފިސްކަލް އަދި މަނިޓަރީ ޕޮލިސީ ރަނގަޅުކުރަން ކުރެވުނު މަސައްކަތެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުން ގަވަރުނަރު މައްސޫލިއްޔަތު އަދާކުރަމުން ނުދާކަމަށް ބުނިނަމަވެސް ގަވަރުނަރު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެކަން ދޮގުކޮށްފައެވެ. މަޖިލީހަށް ފޮނުއްވެވި ސިޓީގައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން މަރުކަޒީ ބޭންކުން ދެކޭގޮތް ސަރުކާރާ ހިއްސާކުރަމުން ގޮސްފައިވާކަމަށެވެ. މިގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައިވެސް އިޤްތިސާދީގޮތުން ލަފާދީފައިވާކަމަށާއި، ނަމަވެސް މަރުކަޒީ ބޭންކުންދޭ ލަފާތަކަށް ސަރުކާރުން އަޅާނުލާކަމަށެވެ. މީގެ އިތުރުން މިދިޔަ ދެ އަހަރުތެރޭގައި މާލިއްޔަތު ކޮމިޓީއާއެކު ބޭއްވި ބައްދަލުވުންތަކުގައި އިގްތިސާދަށް ހުރި ނުރައްކާތަކާއި، އަޅަންޖެހޭ ފިޔަވަޅުތައްވެސް ބަޔާންކޮށްދީފައިވާނޭކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މި ސިޓީގައި ގަވަރުނަރު ވިދާޅުވެފައިވަނީ، ޑޮމަސްޓިކް މާކެޓުން ފައިސާ ހޯދުމުގައި ބަލަންޖެހޭ ކަންކަމަށް ނުބަލާކަން މިހާރުވެސް ފާހަގަކުރެވިފައިވާކަމަށެވެ. ގަވަރުނަރު ވަނީ އިގްތިސާދީ މި ދަތިހާލުގައިވެސް ސަރުކާރާ އެއްބާރުލުންދޭން ތައްޔާރަށް ހުންނެވި ކަމަށާއި، މާލިއްޔަތު ކޮމިޓީން ކުރާ ތުހުމަތުތަކަކީ މުޅިން ރަނގަޅު ތުހުމަތުތައް ނޫންކަމަށްވެސް ފާހަގަކުރައްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ