މާލެ: 31°C
ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތުގައި އުޅުނު ދިވެއްސަކު އެކްސިޑެންޓްވެއްޖެ

ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތުގައި އުޅުނު ދިވެއްސަކު އެކްސިޑެންޓްވެއްޖެ

July 15, 2024
3 ފަހަރު ބަލާފައި
ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތުގައި އުޅުނު ދިވެއްސަކު އެކްސިޑެންޓްވެއްޖެ
ބަންގްލަދޭޝްގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ ދިވެއްސަކު އެކްސިޑެންޓް ވެއްޖެއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ޖަމިއްޔާއެއް ކަމަށްވާ "ހިދުމަތް" ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ހުސައިން ހައިޝަމް އެވެ. އެ ޖަމިއްޔާއިން ބުނީ އެ އެކްސިޑެންތްގައި އޭނާގެ ފަލަމަސްގަނޑުގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ދިވެހިންގެ އެހީއާ އެކު ބަންގްލަދޭޝްގައި އަޅާ މިސްކިތްތަކެއްގެ ތެރެއިން ފަސްވަނަ މިސްކިތް އެޅުމަށް ޑާކާއިން ޗިޓަގޮންގްއަށް ކާރުގައި ދަތުރުކުރަނިކޮށް ކަމަށެވެ. ޗިޓަގޮންގްއަށް ދިޔުމަށް ކުރަންޖެހޭ އަށް ގަޑިއިރުގެ ދަތުރުގައި ކާރު ދުއްވަން އިން މީހާ ނިދި ޖެހުމުގެ ސަބަބުން ކާރު ގޮސް ގަހެއްގައި ޖެހި ހިނގި މި އެކްސިޑެންޓްގައި ހައިޝަމްއާއި ޑްރައިވަރަށްވެސް އަނިޔާވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. "މިވަގުތު މަޢުލޫމާތު ލިބޭ ގޮތުގައި ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހޮސްޕިޓަލްގެ އިމަރޖެންސީގައި ދަނީ ފަރުވާދެމުން. އެހެންކަމުން މިކަމުގައި ތިޔަ ހުރިހާ ބޭފުޅުންގެ ހެޔޮދުޢާގައި އަޅުގަނޑުމެން އަޚާ ޝާމިލް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." އެޖަމިއްޔާއިން ބުންޏެވެ. ހައިޝަމަށް ފަރުވާ ދިނުމުގައި ދަތިތަކެއް ދިމާވި ނަމަވެސް މިހާރު އޭނާ އޮތް ޕްރައިވެޓް ހޮސްޕިޓަލްގައި ހައިޝަމްގެ އޮޕަރޭޝަން ކުރާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ