
ރައްޔިތުން ގަރުދިޔަ އާއި ބަތަށް ތިރިވެލަން އަލީ އާރިފް ގޮވާލުމުން ފާޑުކިއުން
ރައްޔިތުން ގަރުދިޔަ އާއި ބަތަށް ތިރިވެލަން އަލީ އާރިފް ގޮވާލުމުން ފާޑުކިއުން
ލިޔުން:
ދަތި ދުވަސްވަރެއް ކަމުން, ރައްޔިތުން ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި ގަރުދިޔަ އާއު ބަތަށް ތިރިވުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވުމުން އާންމުން ރުޅިގަދަވެ ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.
"މި ދުވަސްވަރު މިޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއުން ހުއްޓާލާ, ކޮންމެ ވެސް ވަަރަކަށް އަމިއްލައަށް ގޭގައި ކައްކައިގެން, ގަރުދިޔާ ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް އައުން" އާރިފް ވިދާޅުވީ ބައްޔެއް ވުމުން ޝިފާ ހޯދަން ހިތި ބޭސް ބޯން ޖެހިއްޖެނަމަ އެކަން ކުރާ ކަމަށާއި މިއަދު ރައްޔިތުން އެފަދަ ކަމެއް ކުރަން ޖެހޭ ކަމަށެވެ.
މިކަމަށް ރައްދު ދެއްވައި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެފައި ވަނީ އެހެން މީހުންނަށް ނަސޭހަތް ދިނުމުގެ ކުރިން އާރިފުގެ އަމަލުން އެކަން ސާބިތުކޮށްދެއްވުމަށެވެ.
އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންނަށް ހީފުޅުވަނީ ރައްޔިތުންނަކީ ކުޅޭ ކުޅޭ ބުދުތަކެއް ކަމަށެވެ.
"ހަރަދު ކުޑަކޮށް ހަރުދިޔަ އާއި ބަތްކާން ސަރުކާރުން އިހްލާސްތެރިކަމާއެކު ކުރިކަމެއް ވިދާޅުވެ ދެއްވަބައްލަވާ. ވޯލްޑް ބޭންކުގެ ލިސްޓަކަށް ރާއްޖެ އެރުމުން މަޖުބޫރީ ފިޔަވަޅުތަކެއް އެޅުމަކީ ގައުމަށް ހެޔޮ އެދުން ނޫން ކަމަށާއި އަމަލާއި ބަހާ ދިމާވެގެން ނޫނީ މި ސަރުކާރަށް ގައުމު ނުހިންގޭނެ. މާ ފޮނި ބޮޑާ އަދި ކިބުރުވެރި މަތުބަރު ސަރުކާރެއް މިއީ،" ނުރުހިގެން މީހަކު ކޮމެންޓްކޮށްފައިވެއެވެ.
ކޮންގްރެސް ޕާޓީން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ހަރުގެ ޖަލްސާގައި ރޭ ބައިވެރިވެ ވަޑައިގެން އާރިފް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިސްކަލް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އާރިފް ވަނީ, ކުރީ ސަރުކާރުން ކުރީ އިސްރާފު ނޫން ކަމަށާއި ކުރީ ވައްކަން ކަމަށް ވިދާޅުވެފަ އެވެ.
އާރިފް ވިދާޅުވީ ރަނގަޅު ވެރިއެއްގެ ސިފައަކީ "އުދަގުލަސް ދައްޗަސް ކުރަން ޖެހޭ ކަންކަންކޮށް އަދި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން" ކަމަށެވެ.
އަދި މި ސަރުކާރުން ކުރަނީ އެކަން ކަމަށާއި, ކުރީ ސަރުކާރު ގޮތަށް ފައިސާ ޕްރިންޓް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އާރިފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ބަލައި ފިޔަވަޅު އެޅުމަށް ނިންމުމުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ވެސް ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާ ކަމަށެވެ.
އޭގެ ތެރޭގައި އާސަންދަ ކަނޑާލަން އުޅޭކަމަށް ނުވަތަ ބޭރުގައި ތިބި ކިޔަވާ ކުދިންގެ ލޯނަށް ފައިސާ ދިނުން މަޑުޖައްސާލުން ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔާތް ކަނޑާލާކަމަށް އަޑުފަތުރާކަމަށް ވިދާޅުވެ ވިދާޅުވީ, މިއީ އެއްވެސް ވަރެއްގެ ހަގީގަތެއް ނޫން ކަމަށެވެ.
"ދޮގު ނުހަދާށޭ, ކަށި ނެތް ދުލެއް އޮތީމަ ބޭނުން އޮތް އެއްޗެއް ބުނެވޭނެ" އާރިފް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
