މާލެ: 31°C
ގަވަރުނަރު ކޮމިޓީއަށް ވަޑައެއް ނުގެންނެވި، ވިދާޅުވަނީ އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް

ގަވަރުނަރު ކޮމިޓީއަށް ވަޑައެއް ނުގެންނެވި، ވިދާޅުވަނީ އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް

July 15, 2024
2 ފަހަރު ބަލާފައި
ގަވަރުނަރު ކޮމިޓީއަށް ވަޑައެއް ނުގެންނެވި، ވިދާޅުވަނީ އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް އޭނާ ވަޑައިނުގެންނެވި އެވެ. ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ އެޖެންޑާގައި އޮތް މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް އޭނާއަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ގަވަރުނަރު ކޮމިޓީއަށް ހާޒިރު ކުރަނީ އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށެވެ. އާލާސްކަންފުޅާ އުޅުއްވާތީ ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަން އޭނާ ވަނީ ކޮމިޓީއަށް ސިޓީއަކުން އަންގަވާފައިވާފަ އެވެ. ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ކޮމިޓީން ފާސްކުރީ މި މަހުގެ 2ގަ އެވެ. އެގޮތަށް ކޮމިޓީން ނިންމީ:
  • ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާމް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފަ؛ އެގޮތަށް އަމަލުކުރުމުން އިގްތިސާދުގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާކަން
  • ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ކަމަށްވާތީ ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގޮއުލޭޓްކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތައް ނުފެންނަކަން
  •  މިނިސްޓަރު ހޯމް އެފެއާޒްއާއި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީއާއި ހިއްސާކޮށްފައިވާާ މައުލޫމާތުތަކުގައި ކުށްކުރަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ގަވާއިދުތައް އަދާހަމަކޮށްފައިނުވާ މައްސަލަ ފާހަގަކޮށްފައިވޭ
  • 17 ނޮވެމްބަރު 2023 އިން ފެށިގެން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާދިނުމާއި އަދި އެމްއެމްއޭގެ މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތް ކޮށްފައިނުވާކަން
  • އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު ހާޝިމް އަދާނުކުރައްވާކަން
  • މިވަގުތު އެ އޮތޯރިޓީއަަށް އާ ލީޑާޝިޕެއް ބޭނުންވޭ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ