މާލެ: 31°C
އަޒުހަރު ޔުނިވަސިޓީން ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

އަޒުހަރު ޔުނިވަސިޓީން ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

July 15, 2024
2 ފަހަރު ބަލާފައި
އަޒުހަރު ޔުނިވަސިޓީން ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ރާއްޖެ އަށް ލިބުނު ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންޑަގްރެޖުއޭޓް ލެވެލް އަށް ކިޔެވުމަށް ލިބުނު ސްކޮލަޝިޕްތަކަށް ކުރިމަތިލާން ސްރީ ލަންކާގައި ހުންނަ މިސްރު އެމްބަސީން އަންގާފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ސްކޮލަޝިޕްތަކެއް އަދަދެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އެގޮތުން، ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ. އަދި މި ލިންކް https://service.azhar.eg/Services/ForeignStudentRegistration މެދުވެރިކޮށް ސްކޮލަޝިޕްތަކަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އިތުރު މައުލޫމާތު މި ވެބްސައިޓް www.azhar.eg/splash.html އިން ލިބޭނެއެވެ. ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަން މިނިސްޓްރީން އެދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ